
ތަހުޒީބުވީ ޔޫރަޕިޔަނުން ކޯޓާއި ފަޓްލޫނޭ ލުމުން
ވަޙުޝީ ނުބައި ޙައިވާނަކޭ އެއްފަދަ ވިޔަސް ނުލަފާކަމުން
ނަސްލީ ތަފާތު ނުބައިކަމަށް އަޑު އުފުލިޔަސް މުޅިދުނިޔެއަށް
ވަސްވެސްނެތޭ އެވެރިންކިބައި އެކަމުގެ ވިޔަސްކުޑަ ޒައްރަކުން
މީހުން މަރައި ތަންތަން ފަނާކުރުމަށް އެމީހުން ހަމަ މޮޅޭ
އަމުނައިލެވޭ ފައްޗެއް އެތައް އެވެރިން ފަނާކުރި ބިންތަކުން
ތަންތަން ބިނާކުރުމީ ކުރާ ކަމަކަށް ނުވާއިރު އެއުރެމެން
އަންދައި ހަދަތެ އަޅިޔަށް އެތައް ގައުމެއް އަޅާހައި ބޮންތަކުން
ޗައިނާ ތަފާތު ވުމުން އެއާ ކުރެޔޭ ބިނާ އެކި ގައުމުތައް
ޓައިވާނުވެސް ނުލަޔޭފުނޑައި ރުޅިވެރިކަމާ ދުޝްމިނުކަމުން
ޢަރަބީންގެ އެކިއެކި ލީޑަރުން މެރިޔޭ ހުޅަނގު ރުޅިވެރިކަމުން
ކަރަޔަށްޢަރަބި ވަކިހިއްޕުމަށް ހުޅަނގުން ވެރީން ދަހިވެތިވުމުން
ތުރުކީ ޚިލާފަތު ވެއްޓުމަށް އެއުރެން ޢަރަބި ބަޔަކާ އެކީ
ޙުރުމަތްކަނޑައި ބިމަކަށް ވިމާތް އިޒުރޭލު ވެރިކުރި ގަދަކަމުން
އެނުބައި ޖަރީމާއިން ނުކުތް އަސަރޭ ފަލަސްޠީނަށް އައީ
މެނުވީ ނެތޭ ގެއްލުން ދިނުން ޒައިނިސްޓް ނުލަފާ ޚާއިނުން
ވެރިޔަކުނެތޭ އިސްކުރެވިފައި ހުޅަނގުގެ ތަނެއްގައި ރަހުމުހުރި
މެރިޔަސް ކުށެއްނެތް މުސްލިމުން ރުހެޔޭ އެމީހުން އެއްހިތުން
