ތ. ދިޔަމިގިލީ ފެނަކަ އައު އޮފީސް ޢިމާރާތާއި ކުޑަކުދިންގެ ޕާކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ދިޔަމިގިލީ ކުޑަކުދިންގެ ޕާކަކީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ދިޔަމިގިލީ ކައުންސިލް، އަދި ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމާއިއެކު ހަދާފައިވާ ޕާކެކެވެ.



advertisment