Support Us

ގެމަނަފުށީ ފެނަކަ އޮފީހާއި ފެނުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައިފި

ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީހާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ގއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގެމަނަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ހަވީރުއެވެ. އަދި މިއަދު ހެނދުނު އެމަނިކުފާނު ވަނީ އެރަށުގެ ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައި ފެނަކަ އޮފީސް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި އޮފީސްބައެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ އަދި ގަރާޖާއި ލޯންޑްރީ ހިމެނެއެވެ. ގެމަނަފުށީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ގެމަނަފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ގެމަނަފުށީ އައު ފެނަކަ އޮފީހަކީ 30 މުވައްޒަފުންގެ ޖާގައިގެ އަދި ކުރިޔަށްވުރެ ގިނަ ވަޞީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ އޮފީސް އިމާރާތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *