Support Us

ޝަރަފުވެރިކަމުގެ 5، ހިތްވަރު ދިނުމުގެ 18 އިނާމު ދެއްވުމަށް ނިންމަވައިފި

އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ ފަސް އިނާމާއި ހިތްވަރު ދިނުމުގެ 18 އިނާމު މިއަހަރު ދެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިނިވަންދުވަހުގެ މުނާސަބަތުގައި ޖުލައި 26 ވަނަ ދުވަހު ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ހަތަރު ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާނެއެވެ. މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވުންވެސް މި ޖަލްސާގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް މި އަހަރު ހާސިލު ކުރައްވަނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެ އިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި 10 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *