Support Us

ރަޝިޔާއިން ކިންޖާލް މިސައިލުން ކިޔީވަށް ޙަމަލާތަކެއް ދީފި

ރަޝިޔާގެ ވައިގެ ބާރުތަކުން ޔުކްރޭންގެ ވެރިރަށް ކިޔީވަށް "ތައުގީދު ޙަމަލާއެއް" ދީފިކަމަށް ކިޔީވުން ބުނެފިއެވެ. މި ޙަމަލާތައް ދީފައިވަނީ ޑްރޯނާއި ކްރޫޒް މިސައިލާއި އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ ކިންޖާލް (ޚަންޖަރު) މިސައިލް ބޭނުންކޮށްގެންނެވެ.

ކިޔީވްގެ ޢަސްކަރީ އިދާރާއިން ހާމަކުރި ގޮތުގައި މި ތައުގީދު ޙަމަލާ ދީފައިވަނީ އެއްވަގުތެއްގައި ވެރިރަށުގެ އެތަންމިތަނަށެވެ. މ

ކިޔީވުން ހާމަކުރި ގޮތުގައި ރޭ ރަޝިޔާއިން ދިން ޙަމަލާތަކަކީ އިސްތިސްނާއީ ވަރަށް ތައުގީދު ޙަމަލާތަކެކެވެ.

ޔުކްރޭންގެ ދިފާޢީ ވަޒީރު އޮލަކްސީ ރިޒްނިކޯވް ވިދާޅުވި ގޮތުގައި ރޭގެ ޙަމަލާގައި ބައިވެރި ކިންޖާލް މިސައިލްތަކުގެ ތެރެއިން ހަ މިސައިލާއި އެހެން ބާވަތްތަކުގެ 12 މިސައިލް ވައްޓައިލިއެވެ. ޔުކްރޭނުން ބުނާގޮތުގައި މިސައިލްތަކުގެ ބައިތައް ވެއްޓިފައިވަނީ ޢާންމުން ދިރިއުޅޭ އަވަށްތަކުގެ ޢިމާރާތްތަކުގެ މައްޗަށެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ރަޝިޔާގެ މި ޙަމަލާތަކުގެ ސަބަބުން މުޅި ކިޔީވް އެއް އަޑަކުން ގުގުމައިގަތެވެ. ވަރަށް ގިނަ ސަރަޙައްދުތަކަކުން ކަރަންޓް ކަނޑައިގެން ދިޔައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި ރަޝިޔާއިން ވައިގެ ޙަމަލާތަކުގައި އެމެރިކާއިން ޔުކްރޭނަށް ދީފައިވާ ޕެޓްރިއެޓް މިސައިލް ނިޒާމުތަކުން އެތައް ނިޒާމުތަކެއް ހަލާކޮށްލިއެވެ.

މީގެ އިތުރަށް ރަޝިޔާ ބުނާގޮތުގައި ރަޝިޔާގެ ވައިގެ ސަރަޙައްދު ފަހަނަޅައިދިޔުމަށް މަސައްކަތް ކުރި ޖަރްމަނާއި ފަރަންސޭސިވިލާތުގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓަކަށް ރަޝިޔާގެ ސްޚޯއި 27 މަރުކާގެ ބޯޓަކުން ވަނީ ހުރަސްއަޅައި ފައްސައިލައިފައެވެ. މި ޙާދިސާ ހިނގީ ބޯލްޓިކް ކަނޑުގެ މަތީގައިކަމަށް ވެސް ރަޝިޔާއިން ބުންޏެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި މިދާކަށްދުވަހު އިނގިރޭސިވިލާތުން ޔުކްރޭނަށް ދިން ދިގުރާސްތާ މިސައިލެއް ކަމުގައިވާ ސްޓޯރމް ޝެޑޯގެ މިސައިލެއް އިއްޔެ ވަނީ ވައްޓައިލައިފައެވެ. މި މިސައިލް ވައްޓައިލީ ލޮގަންސްކް ސަރަޙައްދަށް ދިން ވައިގެ ޙަމަލާއެއްގައެވެ.

ޗައިނާގެ ވަފްދެއް ކިޔީވަށް

އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި ޔުކްރޭން މަސްއަލަ ޙައްލުކުރުމަށް ޓަކައި ޗައިނާއިން ފަށައިފައިވާ މަސައްކަތް ކުރިއަށް ގެންދެވުމަށް ޓަކައި ޗައިނާގެ ޚާއްޞަ މަންދޫބަކު މިއަދު ކިޔީވަށް ވަޑައިގެންފިއެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޗައިނާގެ މަންދޫބު ޔުކްރޭންގެ މަސްއަލަ ޙައްލުކުރެއްވުމަށް ޓަކައި ކިޔީވްގެ މަސްއޫލުވެރީންނާއެކު ސައްލާތައް ކުރައްވާނެއެވެ.

ޗައިނާއިން ޢައްޔަންކޮށްފައިވާ މަންދޫބު ލީ އަކީ 2009 އިން 2019 އަށް ރަޝިޔާގައި ހުންނެވި ޗައިނާގެ ސަފީރެވެ. މި ދަތުރުފުޅުގައި ރަޝިޔާއަށާއި ޕޯލެންޑަށާއި ފަރަންސޭސިވިލާތަށާއި ޖަރްމަނަށް ލީ ދަތުރުފުޅު ކުރައްވާނެއެވެ.

ޗައިނާއިން ވަނީ ރަޝިޔާ- ޔުކްރޭން މަސްއަލަ ސިޔާސީ ގޮތުން ޙައްލުކުރުމަށް ޓަކައި 12 ނުކުތާ ހިމެނޭ އިސްނެގުމެއް ހުށައަޅައިފައެވެ. ރަޝިޔާއިން ވަނީ މި ކަމަށް މަރްޙަބާ ކިޔައިފައެވެ. އެހެނަސް ހުޅަނގުން މި އިސްނެގުމަށް މާ ބޮޑު ތަރްޙީބެއް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *