Support Us

ސޫދާނުގައި ވަރުގަދައަށް ހަނގުރާމަ އައުވެއްޖެ

ސޫދާނުގައި ހަނގުރާމަ ހިނގަމުންދާތާ 12 ދުވަސް ވީއިރުގައި ވެސް އެ ހަނގުރާމައަށް ފިނިކަމެއް ނައިސް އަދިވެސް ދަނީ ގަދައަށް ބާރަށް ކުރިއަށެވެ. އިއްޔެ ތިން ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓުމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް މިއަދު ހަނގުރާމަ ވަނީ އިތުރަށް ގަދަވެފައެވެ. މިއަދު ހަނގުރާމަ ހިނގަމުންދަނީ މުހިއްމު އިސްތިރާތީޖީ ތަންތަނުގައެވެ. 

ސޫދާނުގައި އޮންނަ އދގެ މިޝަންގެ އިސްބޭފުޅެއް ކަމުގައިވާ ފޯކަރ ޕަރޓިސް ޕޯޓު ސޫދާނުގައި ހާމަކުރެއްވި ގޮތުގައި މިއަދު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދަނީ ވެރިރަށް ޚުރްޠޫމުގެ ވައިގެ ބަނދަރުފަދަ އިސްތިރާތީޖީ މުހިއްމު ހިސާބުތަކުގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސޫދާނުގައި ތިބި ބިދޭސީން އެ ޤައުމުން  ބޭލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. 

އދ ބުނާގޮތުގައި ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 459 މީހަކު މަރުވެ ހަތަރު ހާސް މީހަކު ޒަޚަމުވެއްޖެއެވެ. އދ ގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "ވާދަވެރި ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން ވާހަކަ ދައްކައިގެން މަސްއަލަ ޙައްލު ކުރާކަށް ބޭނުމެއް ނުވެއެވެ." 

ސަރުކާރު ސިފައިންގެ ވައިގެ ބާރުތައް ޚުރްޠޫމާއި އުއްމު ދުރްމާން މަތީގައި އުދެހެމުން ފެތުރުން އަވަސް ބާރުތަކަށް ޙަމަލާދެމުންދާއިރު އެ ބާރުތަކުން ވައިގެ ދިފާޢީ ބާރުތައް ބޭނުންކުރަމުންދާ އަޑު އިވެއެވެ. 

އަލްޢަރަބިއްޔާ ޓީވީ ބުނާގޮތުގައި މިހާރު އެންމެ ބޮޑަށް ކުރިމަތިލުންތައް ހިނގަމުންދަނީ އުއްމު ދުރްމާނުގެ ޓީވީއާއި ރޭޑިއޯ އިސްޓޭޝަން ކައިރީގައެވެ. ސޫދާނު ސިފައިން ބުނާގޮތުގައި ބާޣީ ޙަމީދަތީގެ ބާރުތައް ވަނީ ޢާންމުން ދިރިއުޅޭ އަވަށްތަކުގެ ތެރެއަށް ވަދެ ޢާންމު ރައްޔިތުން ދިފާޢީ އައްޑަނައަކަށް ހަދައިފައެވެ. ސޫދާން ސިފައިން ބުނާގޮތުގައި "އެމީހުން ހަނގުރާމަ ހުއްޓުމަށް އެއްބަހެއް ނުވާނެއެވެ. މިކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ބައިނަލްއަޤްވާމީ މުޖްތަމަޢެވެ."

72% ހަސްފަތާލު މަސައްކަތެއް ނުކުރޭ

ސޫދާނުގެ ޑަކްޓަރުންގެ ޖަމްޢިއްޔާ ބުނާގޮތުގައި އެ ޤައުމުގެ ހަސްފަތާލުތަކުގެ ތެރެއިން 72% މަސައްކަތެއް  ނުކުރެއެވެ. ވެރިރަށާއި ސަރަޙައްދުތަކުގައި ހުރި 82 ހަސްފަތާލުގެ ތެރެއިން 59 ހަސްފަތާލެއްގެ ޚިދްމަތް ވަނީ ހުއްޓިފައެވެ. ނަވާރަ ހަސްފަތާލަކުން މީހުން ވަނީ ގަދަކަމުން ބޭރަށް ލައިފައެވެ. ސާދަ ހަސްފަތާލަކަށް ވަނީ ޙަމަލާދީ ހަލާކުކޮށްލައިފައެވެ. ޚިދްމަތް ދޭ 23 ހަސްފަތާލުގައި ވެސް މުވައްޒަފުންނާއި ޑަކްޓަރުންނާއި ބޭސް ނެތުމާއި ކަރަންޓުގެ މަސްއަލަތަކާ ހެދި ބަންދުކުރަން ޖެހިދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *