Support Us

ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއްގެ ރިޔާސަތު ރޫސީ ޚާރިޖީ ވަޒީރު ބަލަހައްޓަވައިފި

އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއްގެ ރިޔާސަތު ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ބަލަހައްޓަވައިފިއެވެ. މި ބައްދަލުވުމަކީ "އުޞޫލުތަކުގެ ދިފާޢުގައި" މި ސުރްޚީގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމާ ބެހޭގޮތުން ރަޝިޔާއިން މެންބަރު ޤައުމުތަކަށް ފޮނުވި ކަރުދާހުގައި ފިނިހަނގުރާމަ ނިމުމާ ވިދިގެން ދުނިޔެއަށް އަތްގަދަކޮށްފައިވާ "އެއް ތަނޑީގެ ޢާލަމީ ނިޒާމު" ކުށްވެރިކޮށްފައި ވެއެވެ. މި ކަރުދާސް ބުނާގޮތުގައި މި ނިޒާމުގެ ސަބަބުން އދ ގެ ނިޒާމުގެ ހަމަޖެހުމަށް ވަނީ ލޮޅުން އަރައިފައެވެ.

މި ކަރުދާސް ބުނާގޮތުގައި އެއްތަނޑީގެ މި ނިޒާމު މިހާރު ދަނީ އޭގެ ހޮރަށް ރުޖޫޢަވަމުންނެވެ. އެއީ އެތައް ތަނޑިތަކެއް ހިމެނޭ ޢާލަމީ އައު ނިޒާމެއް ފާޅުވަމުންދާތީއެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތު މި މަހުގެ ބަލަހައްޓާ ޤައުމަކީ ރަޝިޔާއެވެ.

ރަޝިޔާއާ ދެކޮޅަށް ފާޑުވިދާޅުވަމުން ޔޫރަޕްގެ ސަފީރު އޮލޯފް ސްކޮގް ވިދާޅުވި ގޮތުގައި ރަޝިޔާއިން އެ ދައްކާ ވާހަކައަކީ ޙަޤީޤަތާ އެއްވެސް ގުޅުމެއް އޮތް ވާހަކައެއް ނޫނެވެ. މިއީ ވަރަށް ހެއްވާ ވާހަކައެއް ކަމަށް ޔޫރަޕްގެ 27 ޤައުމު ތަމްސީލުކުރައްވާ ސަފީރު ވިދާޅުވިއެވެ.

ޔޫރަޕުން ބުނި ގޮތުގައި އެތައް ތަނޑިތަކެއް ހިމެނޭ ނިޒާމަކީ ކުރުންތެރި ނިޒާމެއް ކަމުގައިވާނަމަ ރަޝިޔާއިން އެކަން ސާބިތުކޮށްދިނުމަށް ތެދުވާށެވެ.

މި ބައްދަލުވުމުގައި އދ ގެ އަމީން ޢާންމު ޣުޓަރެޝް ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އދ ގެ ޗާޓަރާ ޚިލާފު ކަމެކެވެ.

އަނެއްކޮޅުން ބަލާއިރު ކަޒަޚިސްތާނު މީހުން ޔުކްރޭން ހަނގުރާމައިގައި ބައިވެރިނުވުމަށް އެ ޤައުމުން ގޮވައިލައިފިއެވެ. ކަޒަޚިސްތާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު އާބީކް ސަމަދުޔާރޯވް ވިދާޅުވާ ގޮތުގައި ކަޒަޚިސްތާނުގެ ބައެއް ޒުވާނުން ރަޝިޔާގެ ވެގްނަރ ހަނގުރާމަވެރީންނާއެކު ޔުކްރޭން ގައި އެބަ ހަނގުރާމަ ކުރަމުން ދެއެވެ. މިއީ ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "މިއީ އަހުރެމެންގެ ހަނގުރާމައެއް" ނޫނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *