Support Us

ޗައިނާގެ ސަފީރަކު ދެއްވި ބަޔާނަކާ ހެދި ޔޫރަޕް ރަތަށް

ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމުން އުފެދުނު ޤައުމުތަކަކީ ސިޔާދަތީ ދައުލަތްތަކެއް ކަމަށް ޗައިނާ ޤަބޫލުކުރާ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން މިއަދު ކަށަވަރުކޮށްދީފިއެވެ. ޗައިނާގެ ޚާރިޖިއްޔާއިން މި ބަޔާން ނެރުނީ ޕެރިހުގައި ހުންނަވާ ޗައިނާ ސަފީރު ލޫ ޝާއި އެ ޤައުމުތަކާ ބެހޭގޮތުން ދެއްވި ބަޔާނަކާ ހެދި ޔޫރަޕުން ރުޅިއައިސްގެން ޗައިނާއާ ދެކޮޅަށް ފާޑުކިޔުމުންނެވެ. ރިޕޯޓަރުން ސިފަކުރިގޮތުގައި މިއީ އެ ޤައުމުތަކުގެ ރުޅި މަޑުކުރުވުމަށް ޓަކައި ޗައިނާއިން އެޅި ސިޔާސީ ފިޔަވަޅެކެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މައޮ ނެންގް ނޫސްވެރީންނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމާ ވިދިގެން އުފެދުނު ހުރިހާ ޤައުމުތަކަކީ ސިޔާދަތީ ޖުމްހޫރިއްޔާތުތަކެއްކަން ޗައިނާ ޤަބޫލުކުރެއެވެ. އެ ކަމަށް ޗައިނާ އިޙްތިރާމު ކުރެއެވެ."

ޕެރިހުގައި ހުންނަވާ ޗައިނާގެ ސަފީރު ލޫ ޝާއި ފަރަންސޭސި އެލް ސީ އައި ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޮނިހިރު ވިލޭރޭ ވިދާޅުވި ގޮތުގައި "ސޮވިއެޓް ޔުނިއަންގެ ކުރީގެ ޖުމްހޫރިއްޔާތުތަކަކީ ސިޔާދަތީ ދައުލަތްތަކެއް ނޫނެވެ. މި ދައުލަތްތަކަށް ބައިންއަޤްވާމީ ޤާނޫނުގައި ޙަޤީޤީ މަޤާމެއް ލިބިގެނެއް ނުވެއެވެ. މި ޤައުމުތަކާ ބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއް ވެސް ނެތެވެ."

ޗައިނާ ސަފީރު ޝާއި މި ގޮތަށް ވާހަކަފުޅު ދައްކަވައިފައިވަނީ 2014ގައި ރަޝިޔާއިން ހިފައިފައިވާ ކްރެމިޔާ ސަރަޙައްދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމާ ވިދިގެން ޤާއިމުވެގެން ދިޔަ ޤައުމުތައް އެންމެ ފުރަތަމަ ޤަބޫލުކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާ ވެއެވެ. ޗައިނާއިން ވަނީ އެ ޤައުމުތަކާއެކު ސިޔާސީ ގުޅުން ވެސް ޤާއިމުކޮށްފައެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ޗައިނާއިން ޤައުމަކާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމާއެކު ޗައިނާއިން އެ ޤައުމަކަށް އިޙްތިރާމު ކުރެތެވެ. މި އިޙްތިރާމަކީ ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވޭ އެއްޗެކެވެ.އެއަށްފަހު ޗައިނާއިން މަސައްކަތް ކުރަނީ އެއްބާރުލުމާއި ރަޙްމަތްތެރިކަން ދެމެހެއްޓުމަށެވެ. އޭނާ ވިދާޅުވިއެވެ. "ޔުކްރޭނުގެ މަސްއަލައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތު އޮޅުވައިލަން ބައެއް ނޫސް އޭޖެންސީތަކުން މަސައްކަތް ކުރެއެވެ."

މި ފަދަ އޮޅުވައިލުންތަކުގެ ސަބަބުން އެ ޤައުމުތަކާ ޗައިނާއާ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާ އޮތީ މިފަދަ ކަންކަމަށް ސަމާލުވެގެން ވަރށް ރަނގަޅަށް ހޭލައެވެ.

ޗައިނާގެ ސަފީރުގެ ބަޔާނާ ބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު ޖޯޒިޕް ބޮރެލް ނުރުހުން ފާޅުކުރައްވާ ވިދާޅުވިގޮތުގައި އެއީ "ބަލައިގަނެވޭނެ" ބަޔާނެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޗައިނާގެ ސިޔާސަތުކަމަށް ޔޫރަޕްގެ އިއްތިޙާދުން ޤަބޫލެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *