Support Us

ސޫރިޔާގެ ތެލާއި މުއްސަނދިކަން އެމެރިކާއިން ފޭރޭތީ ބަދަލު ހޯދުމަށް އެދިއްޖެ 

ސޫރިޔާއަށް އަރައި އޮތް އެމެރިކާ ސިފައިންގެ ބާރުތަކުން ސޫރިޔާގެ ތެޔޮ ޢިރާޤަށް ވަގަށް ގެންގޮސް ވިއްކަމުންދާތީ ސޫރިޔާގެ ޚާރިޖީ ވުޒާރާއިން އެކަން ކުށްވެރިކޮށްފިއެވެ. ސޫރިޔާއިން ސިފަކުރި ގޮތުގައި މިއީ ވައްކަމާއި ފޭރުމުގެ ނާޖާއިޒު ޢަމަލެކެވެ. ސޫރިޔާއިން މި ކަމަށް ބަދަލު ދިނުމަށް ވެސް ގޮވައިލިއެވެ.

މިކަމާ ބެހޭގޮތުން ސޫރިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި އުތުރު ޢިރާޤު މެދުވެރިކޮށް ތުރްކީ ތެރެއިން ލައިފައި ވޭތުވެ ދިޔަ ހައެއްކަ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ ސޫރިޔާގެ ތެލާއި ޤުދްރަތީ މުއްސަނދިކަމުން އެތައް މިލިއަން ޑޮލަރެއް ވަގަށް ގެންގޮސްފައެވެ. ސޫރިޔާއިން ސިފަކުރި ގޮތުގައި އެމެރިކާގެ މި ޢަމަލަކީ "ވައްކަންކުރުމެކެވެ." އަދި މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ އަރާރުންވާ ކަމެކެވެ. މި ކަމުގެ ސަބަބުން ސޫރިޔާގެ ރައްޔިތުންގެ ފަޤީރުކަން ބޮޑުވަމުންދާ ކަމަށާއި ސޫރިޔާގެ ރައްޔިތުންގެ ގިލަންތައް އިތުރުވަމުންދާ ކަމަށް މި ބަޔާން ބުންޏެވެ. 

ސޫރިޔާގެ ޚާރިޖިއްޔާގެ ބަޔާން ބުންޏެވެ. "އެމެރިކާގެ މި ތަޞައްރުފާތުތައް ދިމަޝްޤުން ކުށްވެރިކުރެ"އެވެ. އަދި ސޫރިޔާގެ ރައްޔިތުންނަށް ބަދަލުދިނުމަށް ސޫރިޔާއިން މި ބަޔާނުގައި އެމެރިކާ ސަރުކާރަށް ގޮވައިލައިފައި ވެއެވެ. މި ބަޔާން ބުނާގޮތުގައި އެމެރިކާ ކަމުގައި ވިޔަސް "ފޭރުމާއި ވައްކަންކުރުން" ހުއްދަ ނުވާނެތެވެ. ސޫރިޔާގެ ބަޔާނުގައި އެމެރިކާ ސިފައިން ސޫރިޔާގެ ބިންތަކުން އަވަހަށް ފޭބުމަށާއި ނިރުބަވެރީންނަށް އެހީވުން ހުއްޓައިލުމަށް  ގޮވައިލައިފާ ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *