ރަޝިޔާއިން ޔުކްރޭން ހަނގުރާމަ ކުރިއަށް ގެންދާތީ ރަޝިޔާގެ ނިޔުކްލިއަރ ޞިނާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޖަރްމަނުން ޔޫރަޕްގެ އިއްތިޙާދަށް ގޮވައިލައިފިއެވެ.
ޖަރްމަނުގެ އިޤްތިޞާދާ ބެހޭ ވަޒީރު ރޮބަރޓް ހަބެކް (ފޮޓޯގައި) ވިދާޅުވި ގޮތުގައި ރަޝިޔާއިން ދަނީ ފިއްތުންތައް ފިއްތުމުގެ ވަސީލަތެއްގެ ގޮތުގައި ހަކަތަޔާ ބެހޭ ދާއިރާތައް ބޭނުންކުރަމުންނެވެ. އޭނާ ޔޫރަޕްގެ ކަމިޝަނަށް ރަޝިޔާގެ މަދަނީ ނިޔުކްލިއަރ ދާއިރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލެއްވިއެވެ.
ރަޝިޔާއަކީ ނިޔުކްލިޔަރ އުނދަނައަށް ބޭނުންވާ ދަރު ބޭރުކުރާ ޤައުމެކެވެ. އަދި ރަޝިޔާއަކީ އެ ޤައުމުގެ ބިމުގައި ނިޔުކްލިޔަރ ދަގުއިތައް ގުދަންކުރާ ޤައުމެއް ވެސްމެއެވެ.
ޖަރްމަނުގެ ވަޒީރު ވިދާޅުވި ގޮތުގައި މިހާރަށްވުރެ ބޮޑަށް ޔޫރަޕްގެ އިއްތިޙާދު ރަޝިޔާގެ ކިބައިން މިނިވަންވާން ވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ވަރަށް ގިނަ ދާއިރާތަކެއް މިހާރު ވަނީ ރަޝިޔާގެ ކިބައިން މިނިވަންކުރެވިފައެވެ. އެހެނަސް ނިޔުކްލިޔަރ ދާއިރާ އަދިވެސް އޮތީ ހުޅުވައިލެވިފައެވެ.
އޭނާ ވިދާޅުވިއެވެ." ނިޔުކްލިޔަރ ފަންނިއްޔަތަކީ ވަރަށް ޙައްސާސް މައިދާނެކެވެ. އެ ދާއިރާގައި ރަޝިޔާއަކީ އިތުބާރުކުރެވޭ ބައިވެރިއަކަށް ހަދައިގެން ނުވާނެއެވެ.
އޭނާ ޔޫރަޕްގެ އިއްތިޙާދަށް ގޮވައިލެއްވި ކަންތައްތަކުގެ ތެރޭގައި ރަޝިޔާއިން ޔޫރޭނިއަމު ގަންނަ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕްގެ އިއްތިޙާދަށް ގޮވައިލެއްވިއެވެ.

ޞުލްޙައަށް ހިތްވަރުދިނުން
އަނެއްކޮޅުން ބަލާއިރު ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ ޔުކްރޭން ހަނގުރާމައަށް ހިތްވަރު ދިނުން ހުއްޓައިލުމަށް އެމެރިކާއަށް މިއަދު ގޮވައިލައްވައިފިއެވެ.
ޑަ ސިލްވާ މި ކަމަށް މިއަދު ގޮވައިލެއްވީ ބޭޖިންގްގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުންނެވެ. އޭނާ ވިދާޅުވިއެވެ. "ހަނގުރާމައަށް ހިތްވަރުދިނުން ހުއްޓައިލައިފާ އެމެރިކާ ޞުލްޙައަށް ހިތްވަރުދޭން ފަށަންވެއްޖެއެވެ."
އޭނާ ވިދާޅުވިއެވެ. "ސަލާމަކީ މުޅި ދުނިޔޭގެ މަޞްލަޙަތު ނިޔާކުރާކަމެއް ކަން ރައީސް ޕޫޓިނަށާއި ރައީސް ޒިލެންސްކީއަށް ވިސްނާދެވިދާނެއެވެ."
ހުޅަނގުގެ ޤައުމުތަކާ ޚިލާފަށް ބްރެޒީލާއި ޗައިނާއަކީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިފައިވާ ޤައުމުތަކެއް ނޫނެވެ.
ޔުކްރޭންގެ ޞުލްޙައަށް ޓަކައި މަސައްކަތް ކުރާނެ ޚާއްޞަ ޓީމެއް އެކުލަވައިލެއްވުމަށް ބްރެޒިލްގެ ރައީސް ޑަ ސިލްވާ ގަސްތުކުރައްވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޖަމާޢާތް އެކުލަވައިލައްވާނީ ޤައުމަށް އެނބުރިވަޑައިގަތުމަށް ފަހުގައެވެ. އޭނާ މި ކަމާބެހޭގޮތުން އެއްވެސް ތަފްޞީލެއް ނުދެއްވާ ނޫސްވެރީން ވިދާޅުވިއެވެ. "ކެތްތެރިވާށެވެ! ހަތިޔާރުދޭ ޤައުމުތަކުން ހަތިޔާރު ދިނުން ހުއްޓައިލައިގެން މެނުވީ ހަނގުރާމައެއް ނުހުއްޓުވޭނެއެވެ."



advertisment