Support Us

ސޫރިޔާގެ ޙާލަތު ބަދަލުކުރަން ޖެހިފައިވާ ކަމަށް ހުރިހާ ޢަރަބިން އެއްބަސްވޭ: ސުޢޫދީ

ސަލާމަތާ ބެހޭ މިޔުނިޚް މަހާސިންތާގެ ހަވާސާމަތީގައި "މެދުއިރުމަތީގެ ދައުރު" އާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ސޫރިޔާގެ މިއަދުގެ ޙާލަތު ބަދަލުކުރަން ޖެހިފައިވާ ކަމަށް ހުރިހާ ޢަރަބިންވެސް އެއްބަސްވެފައިވާ ކަމަށް ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ރޭ ވިދާޅުވެއްޖެއެވެ. 

ސުޢޫދީ ރަސްމީ ދެ ޗެނެލަކުން ބުނީ ސޫރިޔާގެ އިންސާނީ ޙާލަތަށް ފަރުވާދޭން ޖެހިފައިވާ ކަމަށާއި މިކަމާ ބެހޭގޮތުން ދިމަޝްޤާއެކު ސާފު ރާސްތާއެއް ކަނޑައަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "ޢަރަބިން އިޖްމާޢުވާ ގޮތުގައި ސޫރިޔާގެ މިއަދުގެ ޙާލަތު ދެމިއޮވެގެން ނުވާނެއެވެ." މި ކަމަށް ޓަކައި މަގެއް ހޯދަން ޖެހިފައިވާ ކަމަށް އަމީރު ފައިޞަލް  ވިދާޅުވިއެވެ. އެހެނަސް މި ކަމުގައި ޢަރަބިންގެ ޚިޔާލު ތަފާތުވެފައިވާ ކަން ސުޢޫދީ ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

ޢަރަބި ލީގުން ވަނީ ސޫރިޔާގެ އެ ޖަމާޢާތުގެ މެންބަރުކަން 2011ގައި ގަނޑުކޮށްފައެވެ. އެއީ ރައީސް ބައްޝާރު ސޫރިޔާގެ ޢާންމު ރައްޔިތުންގެ މުޒާހަރާތައް ހަރުކަށި ބާރުތަކުން ނައްތައިލައްވަމުން ގެންދަވައިފައިވާތީއާއި ޢާންމެ ރައްޔިތުންގެ ޚިޔާލުތަކުގެ އަޑު އައްސަވައިފާ ނުވާތީއެވެ. އެހެނަސް  މި މަހު 6ގައި ތުރްކީޔާގެ ދެކުނުގެ 11 ސްޓޭޓަކަށާއި ސޫރިޔާގެ އުތުރުގެ ބައެއް ރަށްތަކަށް އައި ބާރުގަދަ ބިންހެލުންތަކާ ވިދިގެން ޢަރަބި ޤައުމުތަކުން ދަނީ ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރަށްތަކަށް އިންސާނީ އެހީތައް ފޮނުވަމުންނެވެ. އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މި އެހީތައް ފޮނުވުމަށް ވަނީ ދަތިވެފައެވެ. 

އީރާނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަމީރު ފައިޞަލް ވިދާޅުވީ "އީރާނުގެ ޑްރޯނާ ބެހޭ ގޮތުން ސުޢޫދީން ވާނީ މާ ދުރާލައި އިންޒާރު ދީފައެވެ. މި މަސްއަލައާ ބެހޭގޮތުން އީރާނާއެކު ވާހަކަދައްކަން ވަނީ ލާޒިމުވެފައެވެ." އޭނާ ވިދާޅުވި ގޮތުގައި "އެއްވެސް ބާވަތެއްގެ ހަތިޔާރެއް ފެތުރުމަކީ ސަރަޙައްދަށް ފައިދާހުރި ކަމެއްނޫނެވެ. މިކަން ހުއްޓުވަން އެބަ ޖެހެއެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *