Support Us

"އެމެރިކާގެ ފިއްތުންތަކަށް ރަޝިޔާއިން ދުވަހަކުވެސް އަމާނެއް ނުދޭނެ"

އެމެރިކާގެ ފިއްތުންތަކަށް ރަޝިޔާއިން ދުވަހަކުވެސް އަމާން ނުދޭނެކަމަށް ރޫސީ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިޔަބިކޯވް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި އެހެނިހެން ޤައުމުތަކުން ދަނީ ޔުކްރޭނުގެ މަސްއަލަ އިތުރަށް ހޫނުކުރަމުންނެވެ. ރަޝިޔާގެ ރަސްމީ ފުރަތަމަ ޗެނެލްގައި "ބޮޑު ކުޅިގަނޑު" ނަމަކަށް ކިޔާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރިޔަބިކޯވް ވިދާޅުވިއެވެ. "ބައިނަލް އަޤްވާމީ މައިދާނުގައި މިނިވަން ބަހާއެއްގެ ގޮތުގައި ރަޝިޔާގެ ދައުރުހެދި ބޮޑުވެ ފުޅައުވަމުންދާ ދިޔުމަށް ހުރަސްއެޅުމަކީ އެމެރިކާގެ ބޮޑުންނާއި ސިޔާސީ ފަރުމާވެރީން މަސައްކަތް ކުރަމުންދާ އަދި އެކަމަށް އިސްކަންދެއްވާ ކަމެކެވެ. ތަޖްރިބާ ލިބިގެންވާ މިނިވަން ތަނޑިއެއްގެ ގޮތުގައި ރަޝިޔާގެ ނުފޫޒު ފެތުރިގެން ދިޔުން ހުއްޓުވަން ޖެހޭނެކަމަށް މި ބޭފުޅުން ޤަބޫލު ކުރައްވައެވެ. އެހެނަސް މިއީ އިސްތިރާތީޖީ ކުށެކެވެ. އަދި ތާރީޚީގޮތުން ވެސް ބޮޑު ކުށެކެވެ. ރަޝިޔާ ދުވަހަކުވެސް އެމެރިކާގެ ފިއްތުންތަކަށް އަމާނެއް ނުދޭނެތެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މޮސްކޯއާ ސީދާ ކުރިމަތިނުލައިފިނަމަ ފަހުން އެ ކަންތަކެއް ނުކުރެވޭނެއެވެ.މި ކަމުގައި ތާރީޚީ ވަރަށް ބޮޑު ކުށެއް އެބަ އޮތެއެވެ. އެމެރިކާގެ ފިއްތުންތަކަށް އަހުރެމެން ބޯގުދެއް ނުކުރާނަމެވެ."

ރިޔަބިކޯވް އިޝާރާތް ކުރެއްވި ގޮތުގައި ޔުކްރޭނުގައި އެމެރިކާއާއި އެހެނިހެން ޤައުމުތަކުން ދަނީ މަސްރަޙު  ހޫނުކުރަމުންނެވެ. އޭނާ ވިދާޅުވިއެވެ. "ވޮޝިންގްޓަނުންނާއި އެހެނިހެން ވެރިރަށްތަކުން ދަނީ  އެއްވެސް ޤައިދެއްނެތި ޔުކްރޭނުގައި ހުޅުގަނޑު ބޮޑުކުރަމުންނެވެ. ސާދާގޮތަކަށް ބުނާނަމަ އެމީހުން ތިބީ މޮޔަވެފައެވެ. ފާއިތުވެ ގޮސްފައިވާ ތަޖްރިބަތަކާ އެމީހުން ދެކޮޅު ހަދައެވެ. އެމީހުންގެ އަމްނަށް  ބޭނުންވާ އަސާސީ ސަބަބުތައް ވަނީ ބޮލައިލާ ޖަހައިފައެވެ."

ރިޔަބިކޯވް ވިދާޅުވިގޮތުގައި މި ބަހާތަކާ އެއްގޮތަށް ޙިކްމަތްތެރިކަމާއެކު ރަޝިޔާއިން ޔުކްރޭނުގައި ފިޔަވަޅުތައް އަޅަމުންދާނެއެވެ. އަހުރެމެން އެމީހުން ހޫނުކުރިވަރަކަށް ގިނިމަޑުކުރާނަމެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެމެން މޮސްކޯގައި އަމުރުތައް ނެރެނީ ލަނޑުދަނޑިއާ އެއްގޮތަށެވެ. އަހުރެމެން  ރުޅިގަދައެއް ނުކުރާނަމެވެ. ފިޔަވަޅުތައް އަޅާނީ ހަމަހިމޭންކަމާއެކު ވިސްނައިގެންނެވެ. އަހުރެމެން ތިބޭނީ ނާރުތައް ފިނިކޮށްގެންނެވެ."

ރިޔަބިކޯވް ވިދާޅުވި ގޮތުގައި ޔުކްރޭނުގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި ވޮޝިންގްޓަނާއެކު ވާހަކަދެއްކުމެއް ނޯންނާނެއެވެ. "އެކަމަށް އެމެރިކާ އޮތީ ތައްޔާރުވެގެނެއް ނޫނެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *