Support Us

ކުރީގެ މަޝްހޫރު ކެރަމް އަދި ރާޒުވާ ޗެމްޕިއަން ބޮޑުގާލީ ނިޔާވެއްޖެ

00:41

ކުރީގެ މަޝްހޫރު ކެރަމް އަދި ރާޒުވާ ޗެމްޕިއަނެއް ކަމަށްވާ މ. ބްލޫލޭކްލޮޖް، އަބްދުﷲ ޒާހިރު (ބޮޑު ގާލީ) ނިޔާވެއްޖެއެވެ. ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 69 އަހަރުގެ ގާލީ ނިޔާވީ ރޭ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް އާއިލާގެ މީހަކު ބުންޏެވެ.

ގާލީ ނިޔާވިއިރު ހަ ކުދިން (ތިން އަންހެން) އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރ ރިފްއަތު ހިމެނެއެވެ.

ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން ހަތްދިހައިގެ އަހަރުތަކުން ފެށިގެން އެތައް އަހަރަކު ގާލީ ހޯދައިފައިވެއެވެ. ޑަބަލްސް ޗެމްޕިއަންކަން ގާލީ ގިނަ ފަހަރު ހޯދައިފައި ވަނީ އޭނާގެ ކޮއްކޮ ހަސަން ޒާހިރު (ކުޑަ ގާލީ) އާއެކުއެވެ. މީގެ އިތުރުން ރާޒުވާ މުބާރާތްތަކުގެ ޗެމްޕިއަންކަން ވެސް ގިނަ އަހަރުތަކަކު ގާލީ ހޯދައިފައިވެއެވެ.

"ބޭބެއަކީ ބޭބެގެ ޒަމާނުގައި ރާއްޖޭގެ އެއްވަނަ. މިހާރުވެސް ވަރަށް މޮޅުވާނެ. ވިދިވިދިގެން ހަ އަހަރު ކެރަމް ގައުމީ ޗެމްޕިއަންކަން ހޯދި. ތިރީހަކަށް އަހަރު ބޭބެ ކުޅުނު،" ކެރަމް ޗެމްޕިއަންކަން ހަތަރު އަހަރު ހޯދި ކުޑަ ގާލީ ބުންޏެވެ. "އެއް ރޭ ރާޒުވާގެ ޖޫނިއަރ ޗެމްޕިއަންކަން ހޯދައިފައި ހަމަ އެ ރޭ ކެރަމްގެ ސިންގަލްސް ސީނިއަރ ޗެމްޕިއަންކަން ވެސް ބޭބެ ހޯދި."

ދެ ގާލީ ގުޅިގެން އެންމެ ފަހުން ކެރަމް ތަށި ހޯދައިދީފައި ވަނީ އަށްޑިހައިގެ ކުރީކޮޅު ކްލަބު ލެގޫންސަށެވެ.

ގާލީ ވަނީ ހަތްދިހައިގެ ފަހުކޮޅު ޖަރުމަނުގައި ބޭއްވި ބައިނަލްއަގުވާމީ ކެރަމް މުބާރާތެއްގައިވެސް ރާއްޖޭގެ ގައުމީ ޓީމު ތަމްސީލްކޮށްފައެވެ.

ގާލީ ފަހުން ދިރިއުޅެމުން އައީ ޅ. ނައިފަރުގައެވެ.

ގާލީގެ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *