Support Us

އިސްރާއީލުގެ ބާރުތައް ވަރަށް ކުއްލި ގޮތަކަށް ޖަނީނަށް ވަދެގަންފި

އިސްރާއީލު ސިފައިން ވަރަށް ކުއްލިގޮތަކަށް ހުޅަނގު އައްސޭރީގެ ޖަނީން ސަހަރަށާއި ޖަނީނު ފޭލިގެ އަވަށަށް އަރައިފިއެވެ. މި ކަމާ ވިދިގެން އިސްރާއީލުގެ ބާރުތަކާއި ފަލަސްޠީނުގެ ޖިހާދީންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި އަށް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. 

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވަޒީރާ މައްޔަ އަލްކައިލާ ވިދާޅުވާ ގޮތުގައި ޒަޚަމުވެފައިވާ މީހުން ގިނަކަމުން އެމީހުން ވަނީ ހަސްފަތާލަށް ވެސް ނުގެންދެވިފައެވެ. ޖަނީނުގެ ޙާލަތު ވަރަށް ޙައްސާސެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން ބުނާގޮތުގައި ޒަޚަމުވެފައިވާ މީހުން ގިނަކަމުން އެ ޖަމްޢިއްޔާއަށް ވަނީ އެ މީހުން ހަސްފަތާލަށް ގެންދަން ވެސް ނުކުޅެދިފައެވެ. 

ވަޒީރާ އަލްކައިލާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބާރުތަކުން ދަނީ އެމްބިއުލެންސްތަކަށް ވެސް ހުރަސްއަޅަމުންނެވެ. ފަލަސްޠީނުން ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޖަނީނު ފޭލިގެ އަވަށުން ވަނީ ކަރަންޓް ކެނޑިފައެވެ.

ޖަނީން ހަސްފަތާލަށް ވެސް އިސްރާއީލު ސިފައިން ޙަމަލާދިން

ފަލަސްޠީނު ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުގެ ބާރުތަކުން ޖަނީނަށާއި ޖަނީނު ފޭލިގެ އަވަށަށް މިއަދު ހެނދުނު ދިން ޙަމަލާގެ  ތެރޭގައި އެމީހުން ޖަނީނު ހަސްފަތާލަށް ވަދެ ކަރުނަގޭސް ވަނީ ޖަހައިފައެވެ. މި ކަމުގެ ސަބަބުން ނޭވާ ހާސްވެގެން އެތައް ބަޔަކަށް ވަނީ ފަރުވާދޭން ޖެހުނެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި އިސްރާއީލު ސިފައިން ޙަމަލާދީފައިވަނީ ސީދާ ހަސްފަތާލަށެވެ. މި ޙަމަލާގެ ސަބަބުން ވަރަށް ގިނަ ކުޑަކުދީންތަކެއް ނޭވާ ހާސްވެ ކޮށިއެރިއެވެ. 

އާދަޔާޚިލާފު އަރައިގަތުމެއް

އިސްރާއީލު ސިފައިން ޖަނީނަށާއި ޖަނީނު ފޭލިގެ އަވަށަށް ވަނުމުން ފަލަސްޠީނުގެ ޖިހާދީންނާ އިސްރާއީލުގެ ބާރުތަކާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ. އިސްރާއީލު ސިފައިން ވަނީ ޖަނީނު ފޭލިގެ އަވަށުން ކަރަންޓު ކަނޑައިލައިފައެވެ. އަދި އެމީހުން ދަނީ އެމްބިޔުލެންސްތައް އައުން ވެސް މަނާކޮށްފައެވެ. 

އިސްރާއީލުގެ ބާރުތަކުން ޙަޤީޤި ވަޒަނާއި މަޢުދަނީ ވަޒަނާއި ކަރުނަގޭސް ވަނީ  ބޭނުންކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *