Support Us

ސްޓޮކްހޮލްމުގައި ތުރްކީ އެންބެސީ ކުރިމަތީގައި އަނެއްކާ ވެސް މުޞްޙަފެއް އަންދައިލައިފި

ޑެންމާރކްގެ ކަނާތުފިޔައިގެ ޒަޢީމު ރަސްމުސް ޕައުޑަން ވެރިރަށް ސްޓޮކްހޮލްމުގައި ހުންނަ ތުރްކީ އެންބަސީ ކުރިމަތީގައި ކީރިތި ޤުރްއާނުގެ ކޮޕީއެއް (މުޞްޙަފުގެ ކޮޕީއެއް) އިއްޔެ އަންދަލައިފިއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން މީނާ މުޞްޙަފުގެ ކޮޕީއެއް އަންދައިލުމުން އިސްލާމީ ޤައުމުތަކުން ދަނީ މި ކަން ކުށްވެރިކުރަމުންނެވެ. 

ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޒަޢީމު ޕައުޑަން (ފޮޓޯގައި) މި "ހަޑިހުތުރު ފިނޑި" ޢަމަލު ހިންގައި ވަނީ ފުލުހުންގެ ޙިމާޔަތް ލިބިގެންނެވެ. އެހެންކަމުން މި ޢަމަލު ހިންގަމުންދިޔައިރު އެއްވެސް މީހަކަށް އޭނާއާ ކައިރިއަށް ވަނީ ނުދެވިފައެވެ.

ސްވިޑްންގެ ޚާރިޖީ ވަޒީރު ބިލްސްޓްރޯމް އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި "ސްވިޑްނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް އޮންނަ ޤައުމެކެވެ."

އިސްލާމީ ޤައުމުތަކުން މި ޢަމަލު ކުށްވެރިކުރުން

އިސްލާމީ ޤައުމުތަކުންނާއި ޢަރަބި ޤައުމުތަކުން މީނާގެ މި "ފިނޑި" ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާންތައް ދަނީ ނެރެމުންނެވެ. މި ކަން އެންމެ ފުރަތަމަ ކުށްވެރި ކުރި ޤައުމަކީ ތުރްކީއެވެ. ސްވިޑްންގައި ކީރިތި ޤުރްއާނުގެ ކޮޕީއެއް  އަންދައިލިއަންދައިލުން ކުށްވެރިކޮށް ތުރްކީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި "ދަށް ފެންވަރުގެ މި ޢަމަލުން އިސްލާންދީނަށް ޔޫރަޕް ހަތުރުވެރިވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ދޭހަވެއެވެ."

ތުރްކީގެ ޚާރިޖިއްޔާއިން ބުންޏެވެ. "އެބައިމީހުން އަހުރެމެންގެ މުޤައްދަސް ފޮތަށް އިހާނެތިކޮށް ހިތާހިތުން ގަދައަޑުން ކުށްވެރިކުރަމެވެ. މި ޢަމަލު ހިންގައިފައި މި ވަނީ މި ކަމަށް ސަމާލުވުމަށް އަހުރެމެން އިންޒާރުދީފައި ވަނިކޮށްނެވެ."

ތުރްކީގެ ބަޔާން ބުންޏެވެ. "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، މުސްލިމުންނަށް އަމާޒުކޮށްނާއި މުސްލިމުންގެ އަގުތަކަށް އިހާނެތިކޮށް ހިތުމަށް ހިންގައިފައިވާ ޖެއްސުންކުރުމުގެ މި ޢަމަލަކީ ނަފްރަތްތެރިކަމުގެ ޖަރީމާއެކެވެ."

ނަފްރަތްތެރިކަމުގެ މި ޖަރީމާ ހިންގި މީހުންނަ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތުރްކީން ސްވިޑްން ސަރުކާރަށް ގޮވައިލިއެވެ. ތުރްކީގެ ބަޔާނުގައި އިސްލާންދީނާ އިދިކޮޅު މިފަދަ ޢަމަލުތައް ހުއްޓުވުމަށް ޓަކައި މުސްލިމުންނާއެކު އެކަތިގަނޑަކަށް ވުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ގޮވައިލައިފާ ވެއެވެ.

ސްވިޑްން ގައި މި ހިންގި އިސްލާމްދީނާ ހަތުރުވެރި މި ޢަމަލު ކުށްވެރިކޮށް ސުޢޫދީ ޢަރަބިއްޔާއިން ވެސް ބަޔާނެއް ނެރުނެވެ. ސްޓޮކްހޮލްމްގައި ތުރްކީ އެންބެސީ ކުރިމަތީގައި މުޒާހަރާއެއް ބާއްވައި މުޞްޙަފުގެ ކޮޕީއެއް އަންދައިލުމަށް ސްވިޑްން ސަރުކާރުން މަގުފަހިކޮށްދިނުމަކީ ރިޔާޟު ކުށްވެރިކުރާ ކަމެއް ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.      

އުރްދުނާއި ކުވައިތުފަދަ ޢަރަބި ޤައުމުތަކުން މި ކަން ކުށްވެރިކުރިއެވެ. މި ޤައުމުތަކުން ނެރުނު ބަޔާންތައް ބުނާގޮތުގައި މިއީ ދުނިޔޭގެ މުސްލިމުތަކުންގެ ލޭ ކައްކުވައިލާނެ ހަޑި ހުތުރު ޢަމަލެކެވެ. މި ކަމަކީ ޖެއްސުންކުރުމުގެ ވަރަށް ނުރައްކާތެރި ޢަމަލެއް ކަމަށް ވެސް މި ބަޔާންތަކުގައި ސިފަކޮށްފައި ވެއެވެ. މި ބަޔާންތަކުގައި ސިޔާސަތާ ދީން ނުގުޅުވުމަށާއި ދުނިޔޭގެ ޤައުމުތަކުގެ މީހުން ޞުލްޙަމަސަލަސްކަންމަތީގައި އެކުގައި ދިރިއުޅުމުގެ އަގުތައް ފެތުރުމަށް މަސައްކަތް ކުރުމަށް ވެސް ގޮވައިލައިފައި ވެއެވެ. 

މުޞްޙަފު އެންދުން

ސްވިޑްންގެ ފުލުހުން ބުނާގޮތުގައި ތުރްކީ އެންބެސީ ކުރިމަތީގައި  މުޒާހަރާ ބާއްވައި މުޞްޙަފުގެ ކޮޕީއެއް އަންދައިލީ އެކަމަށް ފުލުހުން ހުއްދަދީގެންނެވެ. ސްވިޑްންގެ ރަސްމީ ޓީވީ SVT ބުނާގޮތުގައި މި މުޒާހަރާ ބޭއްވުމަށް ފައިސާ ދެއްކީ ފްރެކް ނަމަކަށް ކިޔާ ނޫސްވެރިއެކެވެ. މި މީހާ މި ޙާދިސާ ދުރަށް ދައްކައި ފެތުރުމުގައި ވެސް ބައިވެރިވެއެވެ. 

ސްވިޑްންގެ ޙައްދުފަހަނަޅައިވާ ކަނާތު ފިޔައިގެ ޒަޢީމު ރަސްމުސް ޕައުޑަން މުޞްޙަފުގެ ކޮޕީތައް އެންދުމުގެ ޙަރަކާތްތައް ފަށައިފައި ވަނީ 2017 ގައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *