Support Us

ޔުކްރޭނުގައި ރަޝިޔާ މޮޅުވާނެ: ޕޫޓިން

ރޫސީ ސިފައިން ޔުކްރޭނުގައި ކާމިޔާބާއި ނަޞްރު ހޯދާނެކަމަށް ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ މި ގޮތަށް ބަޔާނެއް ދެއްވީ ސޭން ޕީޓަރސްބަރގަށް އިއްޔެ ވަޑައިގެން ޢަސްކަރީ ކާރުޚާނާތަކުގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރީންނާ ބައްދަލުކުރައްވަމުންނެވެ. ޕޫޓިން ވިދާޅުވިއެވެ. "ނަޞްރު ލިބޭނެކަން ކަށަވަރެވެ. މިކަމުގައި އަޅުގަނޑުގެ ހިތގައި އެއްވެސް ޝައްކެއްނެތެވެ."

ޕޫޓިންގެ ވާހަކަފުޅުގައި ރޫސީ ދިފާޢީ ޞިނާޢަތަށް ތާރީފު ކުރެއްވިއެވެ. އަލްމާޒު އެންޓި މިސައިލް ކާރުޚާނާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެންނަށް އޭގެ މައްޗަށް ބަރޯސާވެވޭނެ އެއްޗެއް ލިބިގެން ވެއެވެ. އެހެންކަމުން އަހުރެމެންނަށް ނަޞްރު ލިބޭނެކަން ޤަބޫލުކުރަން ޖެހެއެވެ."

ޔުކްރޭނުގައި ރަޝިޔާއިން ފަށައިފައިވާ ޢަސްކަރީ ޚާޢްޞަ މަސައްކަތުގެ ލަނޑުދަނޑިތައް ދިފާޢުކުރައްވާ ރައީސް ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެން ހަނގުރާމަ މި ކުރަނީ އައު ނާޒިއްޔަތާ ދެކޮޅަށެވެ." ރައީސް ޕޫޓިން ރަޝިޔާގެ އެންމެ ބޮޑު ދެވަނަ ސަހަރަށް ވަޑައިގަތީ މި ސަހަރު ޙިޞާރުކޮށްފައި އޮތްއޮތުން ސޮވިއެޓް ސިފައިން ފުޑުފުޑުކޮށްލި ޒިކްރާއަށް 80 އަހަރުފުރުމުގެ މުނާސަބަތު ފާހަގަ ކުރައްވާށެވެ.

މޮސްކޯއާއި ބޭޖިންގ

ހުޅަނގުގެ އަތުގައި މޮސްކޯއާއި ބޭޖިންގް މައްޗަށް ގަދަވެގަނެވޭނެ ބާރެއް ނެތްކަމަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް އިއްޔެ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ނޫސްވެރީންގެ އަހަރީ ބައްދަލުވުމުގައެވެ. ޔޫރަޕާއި ޖަޕާނާއި އަދިވެސް އިތުރު ބައެއް ޤައުމުތަކަށް ވޮޝިންގްޓަނާ ބައިވެރިވުމަށް ގޮވައިލަމުންދަނީ މިހެންވެގެންނެވެ.

ރޫސީ ޚާރިޖީ ވަޒީރު ހާމަކުރެއްވި ގޮތުގައި މިއަދު މޮސްކޯއާއި ބޭޖިންގްގެ ގުޅުން ވަނީ މީގެ ކުރިން ދުވަހަކުވެސް ހަރުދަނާނުވާ މިންވަރަށް ހަރުދަނާވެ ވަރުގަދަވެފައެވެ. ލެވްރޯވް ވިދާޅުވި ގޮތުގައި އެ ދެ ޤައުމުން މަސައްކަތް ކުރަނީ އެ ދެ ޤައުމުގެ ނަޤްދު ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތުތައް ކުރިއަށް ގެންދާށެވެ.

މި ދިޔަ ފެބްރުވަރީ މަހު ރަޝިޔާއާއި ޗައިނާއާ ދެމެދުގައި "އެއްވެސް އިމެއްނެތް އެއްބާރުލުމެއް" ވަނީ ޤާއިމުކޮށްފައެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހުޅަނގާ ރަޝިޔާއާ ދެމެދުގައިވާ ގުޅުންތައް ވަނީ ސުމަކަށް ވެއްޓިފައެވެ.

ލެވްރޯވް ހާމަކުރެއްވިގޮތުގައި އިސްތިރާތީޖީ ވާހަކަދެއްކުންތައް ކަނޑައިލީ ވޮޝިންގްޓަނުންނެވެ. މޮސްކޯއާ ވޮޝިންގްޓަނާ ދެމެދުގައި އޮތް ގުޅުން ދެން ރަނގަޅު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލެވްރޯވް ހާމަކުރެއްވި ގޮތުގައި ރަޝިޔާއާ އެމެރިކާއާ ދެމެދުގައި ދެބަސްވުންތައް ފެށުނީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައެވެ. 2016ވަނަ އަހަރުގެ ރިޔާސި އިންތިޚާބުގެ ތެރެއަށް ރަޝިޔާއިން ވަންކަމަށް ތުހްމަތު ކުރައްވާ ރަޝިޔާގެ 35 ޑިޕްލޮމެޓުން ފައްސައިލެއްވުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *