Support Us

ނަތަންޔާހޫގެ ކެބިނެޓްގެ ވަޒީރަކު ޢައްޔަން ނުކުރެވޭނެ ކަމަށް އިސްރާއީލުގެ ސުޕްރީމު ކޯޓުން ނިންމައިފި

އިސްރާއީލުގެ ކަނާތު ފިޔައިގެ ހައްދުފަހަނަޅަފައިވާ ޝާސް ޕާޓީގެ ޒަޢީމު އެރިޔޭ ދިރްޢީ ވަޒީރު ކަމަށް އިސްނުކުރެވޭނެ ކަމަށް އިސްރާއީލުގެ ސުޕްރީމު ކޯޓުން އިއްޔެ ނިންމައިފިއެވެ.

އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނިގޮތުގައި ކޯޓުން މި ގޮތަށް ކަނޑައެޅީ 10 ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. މި ކަމާ ދެކޮޅު ހެއްދެވީ އެންމެ ފަނޑިޔާރެކެވެ.

ސުޕްރީމު ކޯޓުގެ މި ނިންމުމުގެ ސަބަބުން ނަތަންޔާހޫގެ ސަރުކާރަށް ނުބައި އަސަރުތަކެއް ކުރާނެއެވެ. މި ޕާޓީގެ އިސްވާރުން މި ރޭޑިއޯއަށް ވިދާޅުވިއެވެ. "ދިރްޢީ ކެބިނެޓުން ބޭރުކުރެވިއްޖެނަމަ އަހުރެމެން ނަތަންޔާހޫގެ ކޯލިޝަނުން ވަކިވާނަމެވެ."

އިސްރާއީލުގެ ބަރްލަމާނުގައި ޝާސް ޕާޓީއަށް 11 ގޮނޑި ލިބިފައި ވެއެވެ. ނަތަންޔާހޫގެ ކޯލިޝަނުން މި ޕާޓީ ވަކިވެއްޖެނަމަ ނަތަންޔާހޫއަށް ބަރްލަމާނުގައި ލިބިފައިވާ އަޣްލަބިއްޔަތު ގެއްލިގެން ދާނެއެވެ.

ޝާސް ޕާޓީގެ ބަރްލަމާނީ މެންބަރެއް ކަމުގައިވާ އަބްރާހާމު ބަތުސްއީލް އަންގާރަ ދުވަހު އިންޒާރު ކުރެއްވި ގޮތުގައި "ސުޕްރީމު ކޯޓުން ދިރްޢީ ޢައްޔަންކުރުން ބާޠިލުކޮށްފިނަމަ އެމީހުންނަށް އެ ބަޑި ޖެހުނީ އެ މީހުންގެ އަމިއްލަ ބޮލަށެވެ."

ދިރްޢީއަކީ ނަތަންޔާހޫ ސަރުކާރުގެ ދާޚީލި އަދި ޞިއްޙަތާ ބެހޭ ވަޒީރެވެ. އިސްރާއީލުގެ ބަރްލަމާނު ކަނީސަތުން ވަނީ މި ސަރުކާރަށް އިތުބާރު ދީފައެވެ.

ދިރްޢީ ކެބިނެޓަށް އިސްކުރިކުރުމުގެ މަސްއަލަ ސުޕްރީމުކޯޓަށް ހުށައެޅީ އިސްރާއީލުގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުންނެވެ. ދިރްޢީއަކީ ޓެކްސް ދެއްކުމުގެ އެތައް މަސްއަލަތަކެއްގައި ކުށްވެރިވެ ވަޑައިގަންފައިވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް ވަނީ ޖުރިމަނާއާ އެކު އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. އެހެނަސް ޖަލު ޙުކުން އައިސްފައި ވަނީ ތަންފީޒު ނުކުރާގޮތަށެވެ.

ދިރްޢީ ޤާނޫނު

މި ހުސްވި ޑިސެންބަރުމަހު އިސްރާއީލުގެ ބަރްލަމާނުން "ދިރްޢީ ޤާނޫނު" ނަމަކަށް ކިޔާ ޤާނޫނެއް ވަނީ ފާސްކޮށްފައެވެ. މި ޤާނޫނު ބުނާގޮތުގައި ތަންފީޒު ނުކުރާގޮތަށް ޙުކްމެއް އިއްވިފައިވާ މީހަކަށް ވަޒީރުކަން ކުރެވިދާނެއެވެ. މި ޤާނޫނު ފާސްވެފައި ވަނީ 62 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އިސްރާއީލުގެ 120 މެންބަރުންގެ ބަރްލަމާނުން ފާސްކުރި މި ޤާނޫނާ ދެކޮޅަށް 53 މެންބަރުން ވޯޓު ދެއްވައިފައި ވެއެވެ. މި ޤާނޫނުގެ އަމާޒަކީ ޝާސް ޕާޓީގެ ޒަޢީމަށް ކެބިނެޓުން ޖާގަ ތަނަވަސްކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *