Support Us

އަދިވެސް އަޤްޞާއަށް ވަންނާނަން: ބިން ޣަފީރު

އަދިވެސް އަޤްޞާ މިސްކިތަށް ވަންނާނެކަމުގެ އިންޒާރު އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ އައު ވަޒީރު އީތުމާރު ބިން ޣަފީރު ދީފިއެވެ.

އޭނާ މި މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ ވަރުގަދަ ޙިމާޔަތާއެކު އަޤްޞާ މިސްކިތަށް ވަދެ މުސްލިމުންނަށް ވަނީ ފުރައްސާރަކޮށްފައެވެ. މިކަމާ ވިދިގެން އިސްލާމީ ޤައުމުތަކުންނާއި ފަލަސްޠީނުންނާއި ބައިނަލްއަޤްވާމީ މުޖްތަމަޢުން ބިން ޣަފީރުގެ ޢަމަލު ކުށްވެރިކޮށް އެއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ބިން ޣަފީރު އޭނާގެ ޓްވިޓަރުގައި ބުނިގޮތުގައި "އަހުރެން އަޤްޞާ މިސްކަތަށް އެރީ ޙަމާސަށް މެސެޖެއް ދޭށެވެ. އެއީ އިސްރާއީލުގެ ވަޒީރަކަށް ކަލޭމެންނަށް ބިރެއް ނުދެއްކޭނެއޭ ބުނުމެވެ."

އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން އިއްޔެ ބަޔާނެއް ނެރުނެވެ. މި ބަޔާނުގައި އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުމާ ދުރުހެލިވުމަށް އިސްރާއީލަށް އިންޒާރުކޮށްފައި ވެއެވެ. މި ބަޔާނުގައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ބިން ޣަފީރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލައިފައިވެއެވެ. މި ފަދަ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ބައިނަލްއަޤްވާމީ މުޖްތަމަޢު ޙަރަކާތްތެރިވުމަށް ވެސް އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާއިން ގޮވައިލިއެވެ.

ޖިއްދާގައި މި ޖަމްޢިއްޔާގެ މައިމަރްކަޒުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އިސްރާއީލުގެ ވަޒީރުގެ ނަން ނުބުނެ އިސްރާއީލު ސަރުކާރުގެ ވަޒީރަކު އަޤްޞާ މިސްކިތަށް އެރިއެރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައި ވެއެވެ.

މި ބަޔާން ބުނިގޮތުގައި އަޤްޞާ މިސްކިތަށް މި އެރިއެރުމަކީ "މުޅި ދުނިޔޭގެ މުސްލިމުންގެ ޝުޢޫރުތައް ކައްކުވައިލި ޖެއްސުންކުރުމުގެ ނުރައްކާތެރި ޢަމަލެކެވެ. މިފަދަ ޢަމަލުތަކުގެ ނަތީޖާ ވަރަށް ނުބައިވާނެކަމަށާއި މި ކަމުގެ މަސްއޫލިއްޔަތު އިސްރާއީލުން ތަޙައްމުލުކުރާން ޖެހޭނެ" ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.

އޯއައިސީގެ މި ބަޔާނަށް ޙަމާސުން ވަރަށް ބޮޑަށް މަރްޙަބާ ކިޔެވެ. މި ޖަމާޢަތުން ނެރުނު ބަޔާނުގައި ޤުދުސާއި އަޤްޞާ މިސްކިތް ޙިމާޔަތް ކުރުމަށް ޓަކައި އަވަސް ފިޔަވަޅު އެޅުމަށް ގޮވައިލިއެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ފަލަސްޠީނު މީހުން ހައްޔަރުކުރުމުގެ އައު ޙަމަލާތަކެއް އިއްޔެ ވަނީ ފަށައިފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތައް ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ބަލާޠާ ފޭލިގެ އަވަށަށް އަރާ ދިން ޙަމަލާގައި ފަލަސްޠީނުގެ އެކަކު ޝަހީދުވެ 16 މީހަކު ޒަޚަމުވިއެވެ. ޝަހީދުވި ޒުވާނާ މިދުނިޔެ ދޫކުރީ އިސްރާއީލު ސިފައިންގެ ވަޒަންތަކުން ޒަޚަމުވުމުގެ ސަބަބުންނެވެ. އިސްރާއީލު ސިފައިން އެރި ހުޅަނގު އައްސޭރީގެ ރަށްތަކުގެ ތެރޭގައި ބައިތު ލަޙްމާއި ރާމަﷲއާއި ޤުދުސާއި ޖަނީން ހިމެނެއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މި ރަށްތަކަށް އަރައި ފަލަސްޠީނުގެ އެތައް ބަޔަކު ހައްޔަރުކުރިއެވެ. އެއީ އިސްރާއީލު ސިފައިންނާ ދެކޮޅު ހަދާތީ އެ މަސްއަލަ ތަޙްޤީޤު ކުރުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *