Support Us

ހުޅަނގުން ބޭނުން ވަނީ ދުނިޔޭގެ ޗާޓުން ރޫސީވިލާތް ފުހެލަން: ރަޝިޔާ

ހުޅަނގުން ބޭނުން ވަނީ ދުނިޔޭގެ ޗާޓުން ރޫސީވިލާތް ފުހެލުމަށް ކަމަށް ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕެޓްރޮޝޭވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުގައި ކުރާ ހަނގުރާމައަކީ ނޭޓޯއާ ދެކޮޅަށް ހިނގާ ކުރިމަތިލުމެކެވެ.

ޕެޓްރޮޝޭވް ވިދާޅުވިގޮތުގައި މި ޢަސްކަރީ ބިރުތައް ނައްތައިލުމަށް ޓަކައި ރަޝިޔާއަށް ވަރުގަދަ ލަޝްކަރަކަށާއި ވަރުގަދަ ޖާސޫސީ އިދާރާއަކަށް ބޭނުންވެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަޝިޔާ އަމިއްލައަށް ފުދުންތެރިވުމަކީ ހުޅަނގު ރުޅިގަދަވާ ކަމެކެވެ. އެމީހުން ބޭނުންވަނީ ރަޝިޔާގެ މައިނާރުތައް ބުރިކޮށް ރޫސީ އިއްތިޙާދު ޗިސްޗިސްކޮށްލުމަށެވެ.

އަނެއްކޮޅުން ކިޔޭވްގެ މަސްއޫލުވެރީން ވިދާޅުވާގޮތުގައި ޑޮންބާސްގެ ޞިނާޢީ ސަރަޙައްދެއް ކަމުގައިވާ ސޮލިޑާރަށް މޮސްކޯއިން ދަނީ މެދުކަނޑައިނުލައި ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ސޮލިޑާރ ސަރަޙައްދަކީ ބާޚްމޯޓު ސަހަރާ 15 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.ޔުކްރޭނުގެ ދިފާޢީ ވަޒީރުގެ ނައިބާ ހާނާ މާލޯޔާރު އޭނާ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި މި ރަށް ހިފުމަށް ރޫސީ ސިފައިން ދިން ޙަމަލާތައް ވަނީ މަތަކޮށް ރަށް ދިފާޢުކޮށްފައެވެ. އެހެނަސް ވެގްނަރ ފައުޖުތައް އެނބުރި ވަރަށް އަވަހަށް އައިސް އައު ހުނަރުތަކަކާއެކު ބޮޑު ބަޑީގެ ޙިމާޔަތުގައި މި ރަށަށް ދަނީ އަލުން ޙަމަލާދެމުންނެވެ. ޑޮނެސްކް ސަރަޙައްދުގެ ގަވަރނަރު ބަވްލޯ ކޮރލިންކޯ ވިދާޅުވި ގޮތުގައި ރޫސީ ސިފައިން ވަނީ ސޮލިޑާރ ސަހަރުގެ ހުރިހާ ބިނާރުތަކެއް އެއްކޮށް ހަލާކުކޮށް ފުންނާފަތިކޮށްލައިފައެވެ. އެ މީހުންގެ ޙަމަލާތަކުގެ ސަބަބުން ސަހަރުގެ އަވަށްތައް ވަނީ ޚަރާބުވެ ފަޅުވެފައެވެ. މި ސަހަރުގައި ރޫސީ ސިފައިންނާ ކުރިމަތިލުމަށް ބާކީ ހުރީ ޔުކްރޭން ސިފައިންގެ ދިފާޢުތައް އެކަންޏެވެ. އޭނާ ވިދާޅުވިގޮތުގައި ރޫސީ ސިފައިން މި ސަހަރަށް ޙަމަލާތައް ދޭން ފެށި މި ދިޔަ ހުކުރު ދުވަހެވެ.

ސޮލިޑާރ ކީއްވެ

އިނގިރޭސިވިލާތގެ ޖާސޫސީ އިދާރާ މިއަދު ބުނިގޮތުގައި ރަޝިޔާއިން ސޮލިޑާރ ނާރެހަށް މި ބޮޑު އަހައްމިއްޔަތެއް ދެމުން މި ދަނީ ބާޚްމޯޓު ހިފުމަށް ޓަކައެވެ. އޭރުން އުތުރު ފަރާތުން ޔުކްރޭނުގެ މުވާސަލާތީ ރޮގުތައް ބަންދުކޮށްލެވޭނެއެވެ.

އެމެރިކާ ބުނާގޮތުގައި ވެގްނަރ ސިފައިން ސޮލިޑާރ ހިފަން ބޭނުންވަނީ ލޮނާއި ސިމެންތިއާއި ބޯޓުދެޅި ވަޅުތައް ހިފުމަށް ޓަކައެވެ. މި ސަހަރުގެ އަނޑީގައި 160 ކީލޯމީޓަރު ބިންގަރާހެއް އޮވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *