އޮތޮޑޮކްސް މަޒްހަބުގެ ކްރިސްމަސް ފާހަގަކުރުމަށް ޓަކައި ހަނގުރާމަ ހުއްޓައިލިހުއްޓައިލުން ނިމިއްޖެކަން މޮސްކޯއިން މިއަދު ވަނީ އިޢުލާންކޮށްފައެވެ. ރަޝިޔާއިން 36 ގަޑިއިރަށް ހަނގުރާމަ ހުއްޓައިލި ނަމަވެސް ޔުކްރޭނުން ބުނާގޮތުގައި ހަނގުރާމައަށް ހުއްޓުމެއް ނާދެއެވެ. މޮސްކޯއިން މިއަދު ހާމަކުރިގޮތުގައި ޔުކްރޭނުން ހަނގުރާމަ ހުއްޓައިނުލައި ރަޝިޔާގެ ބިންތަކަށް ޙަމަލާދެމުން ދިޔައެވެ. މޮސްކޯއިން މިއަދު ބުނިގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ފަށައިފައިވާ ޢަސްކަރީ ޚާއްޞަ މަސައްކަތް މިއަދު އަލުން ވަނީ ފަށައިފައެވެ.
އަނެއްކޮޅުން ޔުކްރޭނުގެ (ޔަހޫދީ) ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި އެއީ "އަހުރެމެން ޤަބޫލުކުރާ ކްރިސްމަހެއް ނޫނެވެ. ރަޝިޔާ ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމުގައި ނާކާމިޔާބުވެފައެވެ."
ރައީސް ޒިލެންސްކީ ވިދާޅުވިއެވެ، "ޤައުމަށް ސުލްޙަމަސަލަސްކަމާއި އަމާންކަން ލިބޭނީ ޔުކްރޭނުގެ ހުރިހާ ބިންތަކަކުން ރޫސީން ފައްސައިލެވުނީމައެވެ. އަދި ޔުކްރޭނަށް ފިއްތުމަށް ރަޝިޔާއަށް ލިބިފައިވާ ފުރްޞަތުތައް ނައްތައިލެވުނީމައެވެ."
ޑޮނެޓްސްކް ހަނގުރާމަ
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ރަޝިޔާ ސިފައިން ބުނާގޮތުގައި ޑޮނެޓްސްކް ސަރަޙައްދުގެ އިރުމަތީ ބިތުގެ އިސްތިރާތީޖީ ސަހަރެއް ކަމުގައިވާ ސޮލިޑާރުގައި އެމީހުން ދަނީ ކުރިއަރަމުން ޔުކްރޭން ސިފައިން ފަހަތަށް ޖައްސަމުންނެވެ. އެހެނަސް ކިޔީވް ބުނާގޮތުގައި އެ ސަހަރު އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ، އެމީހުން ރަޝިޔާ ސިފައިން ތިބި ތަންތަނަށް 24 ޙަމަލާއެއް މިއަދު ވަނީ ދީފައެވެ. ޔުކްރޭނުން ބުނާގޮތުގައި ޑޮނެޓްސްކްގެ އިރުމަތީގެ ރަށެއް ކަމުގައި ބަޚްމޫޓުގައި ރޫސީ ސިފައިންގެ ޙަމަލާތަކުގެ ސަބަބުން ޢާންމުންގެ ދެ މީހަކު މަރުވިއެވެ. ބަޚްމޫޓު ހިފުމަށް ރަޝިޔާއިން ވަރަށް އިސްކަންދޭ ކަމަށް މީޑިއާތައް ބުނެއެވެ. ހަތްދިހަ ހާސް މީހުންގެ އާބާދީއެއް އޮތް މި ރަށް މިހާރު ވަނީ ހަނގުރާމައިގެ ސަބަބުން މުޅިން ފަޅުވެ ޢިމާރާތްތަކުން މީހުން ހުސްވެފައެވެ.
ރަޝިޔާގެ އަމިއްލަ ސިފައިންގެ ޖަމާޢަތެއް ކަމުގައިވާ ވެގްނަރ ޖަމާޢަތުގެ ވެރިޔާ ވިދާޅުވާ ގޮތުގައި ރަޝިޔާ ސިފައިންނާއި އޭނާގެ ފައުޖުތައް ވަރަށް އަވަހަށް މި ރަށް ހިފާނެއެވެ. މި ރަށަކީ ބިމުގެ 80 ވަރަކަށް މީޓަރު އަޑީގައި ބިންގަރާސްތައް ހުރި ސިފައިންގެ ފައުޖުތަކަށާއި ޓޭންކްތަކަށް އަމާންކަން ލިބިފައިވާ ސަރަޙައްދެކެވެ.
ޚާރްކޭވަށް ޙަމަލާ
ޔުކްރޭނުގެ މަސްއޫލުވެރީންނާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި ރަޝިޔާއިން ދަނީ ޔުކްރޭނުގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ޚާރްކޭވަށް ވެސް ވައިގެ ޙަމަލާތައް ދެމުންނެވެ.
އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔުކްރޭން ސިފައިން ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުތަކަށް އެތައް ޙަމަލާތަކެއް ދިނެވެ. މި ހުރިހާ ޙަމަލާތަކެއް ވަނީ މަތަކޮށްފައެވެ. ރޫސީ ސިފައިން ޔުކްރޭން ސިފައިންގެ އެތައް ބަޔަކު މަރައިލިއެވެ.
ހަނގުރާމައާ ބެހޭގޮތުން ޝީޝާނުގެ ޒަޢީމު ރަމަޟާން ޤަދީރޯވް ވިދާޅުވާ ގޮތުގައި ހުޅަނގުން ޔުކްރޭނަށް ހަތިޔާރުތައް އޮއްސަމުންދާއިރު އެނގެން ޖެހޭ ޙަޤީޤަތެއް އެބަ އޮތެވެ. ހުޅަނގުން ދޭ ހަތިޔާރުން ޔުކްރޭން އަތަށް އަރަނީ އޭގެ އެންމެ 15% ކަމަށް އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި ދަނީ އޭގެ ތެރެއިން ބޮޑުބައި ހަލާކުކުރަމުންނެވެ. އޭގެތެރެއިން ބައެއް ހަތިޔާރު އަހުރެމެން މިދަނީ ހިފަމުންނެވެ."



advertisment