Support Us

ރަޝިޔާގެ އެތެރޭގެ ލަޑުދަނޑިތަކަށް ޙަމަލާ ދިނުމަށް ނޭޓޯއިން ތާއީދު ކުރޭ

މިއަދު ހެނދުނު ރަޝިޔާއިން ކިޔީވް ސަރަޙައްދަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފިކަމަށް މި ސަރަޙައްދުގެ ގަވަރުނަރު އެލެކްސީ ކޮލެބާ ހާމަކުރައްވައިފިއެވެ. އޭނާ މި ސަރަޙައްދުގެ މީހުންނަށް ބިންގަރާސްތަކަށް ވަދެ ރައްކައުތެރިކަން ހޯދުމަށް ގޮވައިލެއްވިއެވެ.

ރޮއެޓަރޒް ބުނާގޮތުގައި ކިޔީވްގެ ދެކުނުން ވިއްސަކަށް ކިލޯމީޓަރު ދުރު ހިސާބުތަކަށް މި ޙަމަލާގެ އަޑު އިވިފައި ވެއެވެ. ރޮއެޓަރޒް ބުނާގޮތުގައި ޔުކްރޭން ގަނޑިން މެންދަމު ދޭއްޖެހިއިރު ޓެލެގްރާމު މެދުވެރިކޮށް އޭނާ މީހުންނަށް ގެތަކުން ނުކުމެ އަވަހަށް ބިންގަރާސްތަކަށް ދިޔުމަށް ގޮވައިލިއެވެ. ކިޔީވްގެ މެޔަރ ކްލިޗްކޯ ހާމަކުރެއްވިގޮތުގައި ޔުކްރޭނުގެ ދިފާޢުތަކުން ރަޝިޔާއިން ކިޔީވަށް ޙަމަލާދިނުމަށް ފޮނުވި ޑްރޯންތަކުން ހަތެތި ވައްޓައިލިއެވެ.

ރަޝިޔާއިން ބުރާސްފަތި ދުވަހުން ޔުކްރޭނުގެ ބޮޑެތި ސަހަރުތަކަށް ވައިގެ އެތައް ޙަމަލާތަކެއް ދިނެވެ. ކިޔީވުން ސިފަކުރި ގޮތުގައި މިއީ ރަޝިޔާއިން ޔުކްރޭނަށް މި ދިޔަ ފެބްރުވަރީ ގައި ޙަމަލާދޭން ފެށިފަހުން ދިން އެންމެ ވަރުގަދަ ވައިގެ ޙަމަލާއެވެ.

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ހުކުރުވިލޭރޭ ދެއްވި ވީޑިއޯ ޚިޠާބުގައި ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ޙަމަލާގެ ސަބަބުން ޔުކްރޭނުގެ ބޮޑު ބަޔަކުން ވަނީ މުޅިން ކަރަންޓް ކެނޑި އަނދިރިވެފައެވެ. ކަރަންޓް މުޅިން ކެނޑިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ކިޔީވް ސަރަޙައްދާއި އޮޑިއްސާ ސަރަޙައްދާއި ދެކުނު ފަރާތުން ޚަރސަން ސަރަޙައްދާއި ހުޅަނގު ފަރާތުން ކެވީވް ސަރަޙައްދު ހިމެނެއެވެ.

ޒިލެންސްކީ ވިދާޅުވި ގޮތުގައި ބުރާސްފަތިދުވަހުގެ ޙަމަލާގައި ރަޝިޔާއިން 120 މިސައިލް ފޮނުވައިލައިފައި ވެއެވެ. އޭގެތެރެއިން 54 މިސައިލަށާއި 11 ޑްރޯނަށް ޔުކްރޭނުގެ ދިފާޢީ ބާރުތަކުން ހުރަސްއަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުކްރޭނުގެ ޢަސްކަރީ ބާރުތައް ބުނާގޮތުގައި ރަޝިޔާއިން މި ދިން ޙަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅޭ 18 ޓަވަރެއް ވެއްޓިފައި ވެއެވެ. އަދި ޤައުމުގެ މުހިއްމު ބިނާރުތަކުގެ ތެރެއިން 10 ބިނާރެއް ހަލާކުވެފައި ވެއެވެ. ޔުކްރޭންގެ ޢަސްކަރިއްޔާ ބުނާ ގޮތުގައި ރަޝިޔާއިން މި ދިން ކްރޫޒު މިސައިލް ޙަމަލާތައް ދީފައި ވަނީ މަތިންދާބޯޓާއި ކަނޑުގެ އިސްތިރާތީޖީ މަނަވަރުތައް ބޭނުންކޮށްގެން ވަޔާއި ކަނޑު މަގުންނެވެ.

ޔުކްރޭނުގެ ޖާސޫސީ އިދާރާ ދެކޭ ގޮތް

ހަނގުރާމަ ހިނގަމުންދާ ގޮތާ ބެހޭގޮތުން ޔުކްރޭނުގެ ދިފާޢީ ވުޒާރާގެ ޖާސޫސީ އިދާރާގެ ރައީސް ޖެނެރަލް ޕޮޑަނޯވް ބީބީސީއަށް ވިދާޅުވި ގޮތުގައި ރަޝިޔާއާއި ޔުކްރޭނުގެ ލަޝްކަރުތައް ކުރަމުންދާ ހަނގުރާމަ މިހާރު ވަނީ  ބަންދު މަގެއް"ގެ މަތީގައެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ފަރާތުގައި ވެސް ސިފައިންނާއި ހަތިޔާރު ވަނީ މަދުވެފައެވެ. ޔުކްރޭނުގެ ޢަސްކަރިއްޔާއަށް ރޫސީ ޢަސްކަރިއްޔާ ބައްޔެއް ނުކުރެވޭނެއެވެ. ޔުކްރޭނަށް އިތުރު ކަމެއް ކުރެވޭނީ ބޭރުން އިތުރު އެހީ ލިބިގެންނެވެ.

ޤާނޫނު ހުއްދަ ކުރާ ޙަމަލާތަކެއް

އަނެއްކޮޅުން ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޯލްޓެންބަރގް ޖަރްމަނުގެ ނޫސް އޭޖެންސީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ރަޝިޔާގެ ޢަސްކަރީ ލަނޑުދަނޑިތަކަށް ޔުކްރޭނުން ދެމުންގެންދާ ޙަމަލާތަކަކީ ޤާނޫނު ހުއްދަދޭ ޙަމަލާތަކެކެވެ.

ސްޓޮލްޓެންބަރގް އިތުރަށް ވިދާޅުވިއެވެ. "ކޮންމެ ޤައުމަކަށް ވެސް އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ޙައްޤު ލިބިގެން ވެއެވެ. ޔުކްރޭނަށް ވެސް މި ޙައްޤު ލިބެން ވެއެވެ." އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުން ރަޝިޔާގެ އެތެރޭގެ ލަޑުދަނޑިތަކަށް ދެމުންދާ ޙަމަލާތަކާ މެދު ވެސް ބަލަންޖެހޭނީ މި ދުރުމިންނެވެ.

ރަޝިޔާގެ މުހިއްމު ޖައްވީ ބޭހެއްކަމުގައިވާ އެންގަލްޒް ބޭހަށް ޙަމަލާއެއް ދެވޭތޯ ޔުކްރޭނުން އިއްޔެ މަސައްކަތްކޮށްފައިވެއެވެ. ޔުކްރޭނުގެ ޑްރޯން ޙަމަލާއަށް ރަޝިޔާގެ ދިފާޢީ ބާރުތަކުން ވަނީ ހުރަސްއަޅައި ވައްޓައިލައިފައެވެ. މި ބޭހަކީ މޮސްކޯގެ ދެކުނުގައި 730 ކިލޯމީޓަރު ދުރުގައި އޮންނަ ބޭހެކެވެ.

ނޭޓޯގެ އަމީން ޢާންމު ޔުކްރޭނަށް އިތުރު ހަތިޔާރު އަވަހަށް ފޮނުވުމަށް ނޭޓޯގެ މެންބަރުންނަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޞުލްޙައަށް މަގު ތަނަވަސްކުރެވޭނީ އޭރުންނެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތް ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް މަޢުދަނީ އެއްޗެއް ހޯދައިދިނުމަށައި ބިން މައިން ހޯދސއި އޭގެ ބާރުކަނޑުވައިލުމަށް ބޭނުންވާ 100 އާލަތް ދެވިއްޖެއެވެ. ޔުކްރޭނުން ބުންތައް އަނބުރާ ހިފަމނުންދާއިރު ޢިމާރާތްތައް ސާފުކުރުމަށް ޓަކައި މިފަދަ އާލަތްތަކަށް ބޭނުންވާނެ ކަމަށް އިނގިރޭސި ދިފާޢީ ވަޒީރު ބިން ވެލަސް ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި 2023 ގައި ވެސް ޔުކްރޭނަށް 23 ބިލިއަން ޕައުންޑް ދެވޭނެއެވެ. މި އަހަރު ވެސް ލަންޑަނުން މި މިންވަރު އެހީގެ ގޮތުގައި ޔުކްރޭނަށް ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *