"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ބޯޅަދަނޑުގައެވެ.
މި މުބާރާތަކީ ގްރޭޑް ތިނެއް އަދި ހަތަރެއްގައި ކިޔަވާ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިއެސްޓާގެ ޗެންޕިއަން ޓީމުތަކަށް މެޑަލް އަދި ތަށި ޙަވާލުކޮށްދެއްވާފައެވެ.



advertisment