Support Us

ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރަށާއި ބައިތު-އަލް ޤުރްއާން ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފި

ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރާއި ބަޙްރައިންގެ ބައިތް-އަލް ޤުރްއާން ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެ ޒިޔާރަތްކުރައްވައި އެދެތަން ބައްލަވާލައްވައިފިއެވެ.

ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރު ރަސްމީކޮށް ހުޅުވައިދެއްވީ 15 ޑިސެމްބަރ 1988 ގައި، އަމީރު ޙުސްނުޢީ ބިން ސަލްމާން އަލްޚަލީފާއެވެ. މި ދާރުލްއާޘާރު ހަދާފައި ހުންނަނީ ދެ ޢިމާރާތް ގުޅުވައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާރޓް ގެލަރީއަކާއި، ލެކްޗަރ ހޯލެއް ހިމެނެއެވެ. މި ދާރުލްއާޘާރުގައި ބަޙްރައިންގެ ތާރީޚުގެ 6،000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެއެވެ.

ބައިތް-އަލް ޤުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް ޢިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާޘާރަކަށް ވުމުގެ ސަބަބުންނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާޘާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. އަދި މިތަން ޢިމާރާތްކުރެއްވީ ޤުރުއާނާއި އެނޫންވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުޞްޙަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައެވެ. މި އިންސްޓިޓިއުޝަންގެ ދާރުލްއާޘާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީޚީ ޤުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ބަޙްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *