Support Us

ކިންގް ޙަމަދު ޔުނިވަރސިޓީ ހޮސްޕިޓަލާއި ޕާރލްސް އެންޑް ޖެމްސްޓޯން އިންސްޓިޓިއުޓަށް މެޑަމް ފަޒުނާ ޒިޔާރަތްކުރައްވައިފި

ބަޙްރައިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލް (ކޭ.އެޗް.ޔޫ.އެޗް)އަށާއި ބަޙްރައިން އިންސްޓިޓިއުޓް އޮފް ޕާރލްސް އެންޑް ޖެމްސްޓޯން (ޑީ.އޭ.އެން.އޭ.ޓީ.) އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

އެކަމަނާ ބަޙްރައިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ބަލިމީހުންނަށް ސައިކޮލޮޖިކަލް ސަޕޯޓްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެފަހުގެ ޒަމާނީ ޞިއްޙީ ޚިދުމަތްތަކާއި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި އަދި އެތަނުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައެވެ.

ބަޙްރައިން އިންސްޓިޓިއުޓް އޮފް ޕާރލްސް އެންޑް ޖެމްސްޓޯންއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖެމޮލޮޖިކަލް ލެބޯޓްރީތައް ބައްލަވާލައްވާފައެވެ.

މުހައްރަޤް ގަވަރނަރޭޓްގައި ހުންނަ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަކީ މަތީ ފެންވަރުގެ މެޑިކަލް ފެސިލިޓީތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފަރުވާދިނުމުގެ އެންމެ ޒަމާނީ ގޮތްތަކަށް އަހުލުވެރިވެފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް ތަމްރީނުދިނުމާއި މެދުކެނޑުމެއްނެތި މުވައްޒަފުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން އަންނަނީ އެކަޑަމިކް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ބަޙްރައިން އިންސްޓިޓިއުޓް އޮފް ޕާރލްސް އެންޑް ޖެމްސްޓޯން އަކީ ބަހްރެއިންގެ ޒަމާންވީ މުތީ ތާރީޚު ދައްކުވައިދޭ، އަދި މުތީ ޓެސްޓްކޮށް ދިރާސާކުރުމުގެ ރޮނގުން ޚާއްޞަވެފައިވާ، އަދި އެތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޤާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ޖެމޮލޮޖިކަލް ލެބޯޓްރީއެކެވެ. މިތަނަކީ ބަޙްރައިންގެ ވަލީއަޙްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް އީސާ އަލް ޚަލީފާގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު އުފެއްދި ތަނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންއަށް ވަޑައިގަންނަވާފައި ވަނީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *