Support Us

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ރަސްމީ ޖާފަތެއް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ދެކަނބަލުންނާއި ދިވެހި ވަފްދުގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާ ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ. މި ޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ބަޙްރައިންގެ މަނާމާގައި ހުންނަ އަލް-ގުދައިބިއްޔާ ޕެލަސްގައެވެ.

ބަޙްރައިނާއި ދިވެހިރާއްޖެއާ ދެމެދު މިއަދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައި ވެއެވެ. ރައީސުލްޖޫމްހޫރިއްޔާ ވަނީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ވަކިން ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގެ ވެރިޔަކު އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *