Support Us

ކެންސަރ ސޮސައިޓީއަށް ފައިސާ ހޯދުމުގެ ހަރަކާތެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑް ރެއިޒިންގ ގާލާ ޑިނަރގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އެވޯޑްސް" ތިން ބޭފުޅަކަށް ދެއްވައިފައެވެ. އަދި މެޑަމް ފަޒުނާވެސް މި އެވޯޑް އިތުރު ތިން ފަރާތަކަށް ޙަވާލުކޮށްދެއްވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ "އެވެއަރނަސް ކެމްޕެއިން" އިފްޠިތާޙްކޮށްދެއްވައި، މި ޙަފްލާގައި ކުރިއަށްދިޔަ "ލެޓްސް ގެޓް އެކްޓިވް"ގެ ނަމުގައި ހިންގި ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކެންސަރ ސޮސައިޓީން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ޙަރަކާތެކެވެ. އަދި މި ޙަރަކާތުން އެއްކުރާ ފައިސާ ބޭނުންކުރަނީ ކެންސަރ ސްކްރީނިންގ ހެދުމަށާއި، ކުރިޔާލައި ކެންސަރު ބަލި ދެނެގަނެވޭނެ ޢަލާމާތްތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ޑައިގްނޯސްކޮށް އަދި ސްކްރީނިންގ އަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކެންސަރ ސޮސައިޓީގެ އަމާޒަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާ ޙިއްޞާކުރުމާއި މުޖުތަމަޢުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް ކެންސަރު ބަލި ތަޙައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަޢުލޫމާތާއި ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ، މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި އެ ޖަމުޢިއްޔާއިން އެންމެ އިސްކަންދޭ އެއްކަމަކީ ކެންސަރު ބަލީގެ ދިރާސާތައް ހެދުމާއި ކެންސަރު ބަލީގެ ރެޖިސްޓަރޑް ޑޭޓާ ބޭސްއެއް ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *