ފޮތަށް ލޯބި ނުކުރަންޏާ ގޮތެއް ނުހުންނާނެއެވެ. ޔައުނީ ގޮތެއް ހުރި މީހަކަށް ނުވާނެއެވެ. ޢިލްމަކީ ގޮތެވެ. އެ ފެންނާނީ ފޮތުންނެވެ. ޢިލްމެއްނެތި ޙިލްމެއް ނުވާނެއެވެ. ޢިލްމާއި ޙިލްމުން ނޫނީ ހަގީގީ ތަރައްޤީއާއި ތަހުޒީބަށް ވާސިލެއް ނުވެވޭނެވެ.
ޤައުމީ ޚިދުމަތުގެ ކުރި ބޯއްޓަކީ މީހުން ބިނާކުރުމެވެ. ރަނގަޅު ތަރުބިއްޔަތެއް ލިބިދިނުމެވެ. ޤައުމާއި ވަޠަނާއި ދީނަށް ޚިދުމަތްކުރާ އެންމެންނަކީ ދައުލަތުގެ މުސާރަވެރިންނެއް ވެސް ނޫނެވެ. އޭގެ މިސާލަކީ އުމުރުން 82 އަހަރުގެ މިޞްރުގެ އިމާމް ޢަބްދުﷲއެވެ. އޭނާ 15،000 ފޮތް އެއްކޮށްފިއެވެ. ޒުވާނުންނަށް ހިލޭ ކިޔޭނެ މަގު ފަހިކޮށްދީފިއެވެ.
އިމާމް ޢަބްދުﷲ އަކީ މިޞްރުގެ މަޝްހޫރު އަލް އަޒްހަރު ޔުނިވާސިޓީގެ ކުރީގެ ޓީޗަރެކެވެ. މިހާރު އޭނާއަކީ އާދައިގެ އިމާމެކެވެ. އޭނާގެ ޙަޔާތުގައި އެއްކުރި ގާތްގަނޑަކަށް 15،000 ފޮތް ހުރީ އޭނާގެ ގޭގެ ބިންގަރާހުގައެވެ. އެއީ މިހާރު ބޮޑު ލައިބްރަރީއެކެވެ.
އެ ފޮތްތައް ކިޔާ ހިލޭ ޢިލްމު ހޯދަން އިމާމް ޢަބްދުﷲ ވަނީ ފުރުސަތު ހުޅުވާލާފައެވެ. އިމާމް ޢަބްދުﷲގެ މަގުސަދަކީ ޢިލްމު ހޯދުމަށް ޒުވާނުން ކުރާ މަސައްކަތުގައި އެމީހުންގެ ޖޯޝް އިތުރުކޮށްދިނުމެވެ.
މަސްދަރު: އަލްޤުދުސް ޕޭޖް
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment