މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ކުރިމަތިލާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ބައްދަލުކުރެއްވުން ސެޕްޓެންބަރުމަހުގެ ފަހެއް ވާ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ. މި ބައްދަލުވުން ބާއްވާގޮތަށް ކުރިން ހަމަޖެއްސައިފައި އޮތީ މިއަދު އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުން ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި، އޮންލައިންކޮށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުއްވާލައިފައެވެ.
ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓު ކުރުމަށްޓަކައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށްފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރުމަށް ރައީސް އޮފީހުން އެދެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.



advertisment