Support Us

ވަގަށް ނެގި ދެ އައިފޯނާއި ލެޕްޓޮޕްތަކަކާއި 18 ހާސް ރުފިޔާ ހޯދައިފި

ސަރުކާރުގެ އޮފީހަކުން ވަގަށް ނެގި ދެ އައިފޯނާއި ލެޕްޓޮޕްތަކަކާއި ފިހާރައެއް ފަޅާލައިގެން ނެގި 18 ހާސް ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ އައިފޯނާއި ލެޕްޓޮޕްތަކަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޖުލައި 18 ވަނަ ދުވަހު ވަގަށް ނަގައިފައިވާ ތަކެތި ކަމަށެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކުރި ކަމުގެ ރިޕޯޓާ ގުޅިގެން، އެ ތަކެތި ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގައި، އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕާއި ދެ އައި ފޯނު އަދި އެހެނިހެން ތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރާ ކަމަށް ޖުލައި 19 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރައަށް މީހަކު ވަދެ ހުއްޓައި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން ވަގަށް ނެގި 18،000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީއެއް  ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

 

 

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މި ދެ މައްސަލަވެސް ގަލޮޅު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *