މުޙައްމަދު އިސްމާޢީލްފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެދުން ކުރައްވައިފިއެވެ.
މުޙައްމަދު އިސްމާޢީލްފުޅާ ބައްދަލުކުރައްވައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތަކީ ނައިފަރާ އަދި ރާއްޖޭގެ އެހެން ރަށްރަށާވެސް ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ، އަދި ވަރަށް ބޭނުންތެރި ފޮތަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެ ފޮތުގެ މުޞައްނިފުގެ މަސައްކަތަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ފޮތުގައި ނައިފަރާއި އަދި ރަށްފުށުގައި ދިވެހިންގެ ތެރޭގައި ކުރީގައި ހުރި ބައެއް އާދަކާދަތަކަށް ބަލާލާފައިވެއެވެ. އަދި ބައެއް އާދަކާދަތައް ފެށިގެން އައި ގޮތާއި އެކަންކަން ފަހުން ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް ވެސް މި ފޮތުގައި އަލިއަޅުވާލާފައިވެއެވެ.



advertisment