Support Us

ޔޯގާ ހަމަނުޖެހުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކެބިނެޓާ ހިއްސާކުރައްވައިފި

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދިން މައްސަލައާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖުލިހާ މިއަދު ހިއްސާކުރައްވައިފިއެވެ.

އެގޮތުން މި ކަންތައްތައް ހިނގައިދިޔަގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ކުޑަކޮމެޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަށް ރުވާންޑާއަށް ކުރެއްވި ދަތުރުފުޅާ ބެހޭ މައުލޫމާތު ވެސް ރައީސް ވަނީ ކެބިނެޓާ ހިއްސާ ކުރައްވައިފައެވެ.

1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

އަދި މިހާރު ރާއްޖޭގައި ކޯވިޑް މަލިމަޑުކަމުގެ ހާލަތާބެހޭ އެންމެ ފަހުގެ މަޢޫލޫމާތާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލެއްވި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ޙިއްޞާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *