Support Us

ދިއްގަރު ޕޮލިސްގެ ތަހުގީގަކަށް ގުރައިދޫ މީހަކު ހޯދަނީ

މ. ދިއްގަރު ފުލުހުން ކުރާ ތަހުގީގަކަށް ކ. ގުރައިދޫ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ދިއްގަރު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެ މީހާގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން މި ފަހަރު ހާމައެއް ނުކުރެއެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އަޙްމަދު އިރުޝާދު، 46، ކ. ގުރައިދޫ، ހީނާމާގެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A072186

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2022 ޖޫން 29 ވަނަ ދުވަހުގެ 11:00 އަށް

"މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ދިއްގަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9665179 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *