Support Us

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސްޓެލްކޯ އިން ސާފުކުރަން ފެށުމުގެ ތެރެއިން.. -ފޮޓޯ: ސްޓެލްކޯ

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވަން ސްޓެލްކޯ އިން ފަށައިފި

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ސްޓެލްކޯ އިން މިއަދު ފަށައިފިއެވެ.

ހުކުރު މިސްކިތާއި މެދުޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަކީ 2019ވަނަ އަހަރުން ފެށިގެން ސްޓެލްކޯ އިން ކުރަމުން އަންނަ މަސައްކަތެކެވެ.

މި ޕްރޮގްރާމް މިއަދު ފަށްޓަވައިދެއްވީ ތަރިކައާބެހޭ ވަޒީރު ޔުމްނާ މައުމޫނާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސްޓެލްކޯ އިން ސާފުކުރަން ފެށުމުގެ ތެރެއިން.. -ފޮޓޯ: ސްޓެލްކޯ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަހަކު އެއްފަހަރު ހުކުރު މިސްކިތުގެ މުންނާރާއި ވަޅުތައް ސާފުކުރާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސްޓެލްކޯ އިން މިހާރު ނިންމާފައި ވަނީ މާލޭގައި ހުރި އާސާރީ އެފަދަ އެހެން ބިނާތައްވެސް މިގޮތަށް ސާފުކޮށް ބަލަހައްޓައިދިނުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *