Support Us

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގެ ޓްރާާންސްފޯމަރެއްގެ ކޭބަލެއްގައި ރޯވެގެން

‏20:45

މާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މީޑިއާއަށް ފޮނުވި ފޮޓޯއަކުން ފެންނަނީ ކޭބަލެއްގައި ރޯވެ، އަނދައިފައިވާ ތަނެވެ.

"މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ވަނީ ޖެހިފައި. މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ،" ސްޓެލްކޯ އިން ބުންޏެވެ. "ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރުވަނީ އެނަޖައިޒް ކުރެވި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުދޭން ފެށިފައި."

ސްޓެލްކޯ އިން އަދި ބުނީ ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.

21:46

ސްޓެލްކޯގެ ބަޔާން:

"މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ދިމާވި ދަތިތަކަށް މާފަށް އެދެން. ކަރަންޓު ކެނޑުނު ސަބަބު އަވަހަށް ދެނެގަނެވުނު ނަމަވެސް ކަރަންޓު އަނބުރާ ދިނުން ލަސްވެގެން ގޮސްފައިވަނީ ފޯލްޓް ދިމާވި ޓްރާންސްފޯމަރަށް އިތުރު މައްސަލައެއް ދިމާވެއްޖެ ނަމަ، މުޅި މާލެ ބްލެކް އައުޓްއަކަށް ގޮސްދާނެތީ އެފަދަ ކަމެއް ދިމާނުވާނެކަން ޔަގީން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *