Support Us

ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހުން ހޯދަން އެ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ، އަޙްމަދު އާތިފް، 49، މ. ސަލްޖަމްއާގެ އާއި ޙަސަން ނިޝާން، 37، ކ. ގުޅި، ރޯޒްމީޑް އެވެ.

"މުއަޙްމަދު އާތިފް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޛު މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 ޖޫން 22 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓުގައިވާ ބަޔާނުގައިވެއެވެ. "ޙަސަން ނިޝާން ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޛު މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 ޖޫން 22 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ."

މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *