Support Us

ސަމިޓް ނިންމުމުގެ ގޮތުން ބޭއްވި ފަރިއްކޮޅުގައި ރައީސުލްޖުމުހޫރިއްޔާ ބައިވެރިވެވަޑައިގެންފި

"ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ސަމިޓް ނިންމުމުގެ ގޮތުން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ފަރިއްކޮޅުގައި ނައިބު ރައީސުލްޖުމުހޫރިއްޔާ ފައިޞަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ޔޫ.އެން.ޑަބުލިޔު.ޓީ.އޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ސަމިޓް ނިންމުމުގެ ގޮތުން ބޭއްްވި މިފަރިއްކޮޅު އޮތީ މިރޭ، ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ. ޖޫން 15 އިން 16އަށް ކުރިޔަށްދިޔަ މި ސަމިޓް، ފަށްޓަވައި ދެއްވީ، ނައިބު ރައީސުލްޖުމުހޫރިއްޔާ ފައިޞަލް ނަސީމެވެ.

ސަމިޓްގެ ފުރަތަމަ ދުވަހު ކުރިޔަށް ގެންގޮސްފައި ވަނީ ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކެވެ. ސަމިޓްގައި ބުރާސްފަތި ދުވަހު ސެޝަންތައް ކުރިޔަށް ގެންގޮސްފައި ވަނީ ތިން ތީމަކަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބުލިޔު.ޓީ.އޯ) ގުޅިގެން ބޭއްވި މި ސަމިޓްގައި މަޝްވަރާކޮށްފައި ވަނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުޞަތުތަކާއި އަދި، ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *