ގެއެއްގެ ދޮރުފަތް ވަގަށް ނެގި މީހަކު ހޯދަން އޭނާގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ރަތްވިލާމަގުގައި ހުރި ގެއެއްގެ ދޮރުފަތް ނައްޓާލާފައި ބަހައްޓާފައި ހުއްޓާ ވަގަށް ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިހުގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ، ނުހޯދިފައިވާ މީހެއް ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ހަދަމުން އަންނަ ގެއެއްގެ ދޮރުމަތީގައި، ދުވާލު ގަޑީގައި، ތަންތަން ހާވަމުން، ބަލަމުން އެ މީހާ ހިނގާތަން ފެނެއެވެ. އެކަމަކު އެ ގެއިން ނުކުމެގެން ދަނީ އެއްވެސް އެއްޗެއް ނުލައެވެ.
"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment