Support Us

ކޮލަމް ކޯދު: އެކި ގައުމުތަކުން ހޮވާލެވިފައިވާ ހަރުބަސްކޮޅެއް

ތިރީގައި މި ވަނީ އެކި ގައުމުތަކުން ހޮވާލެވިފައިވާ ހަރުބަސްކޮޅެކެވެ.

  1. ފެންވަޅަކަށް ކުޅު ނުޖަހާށެވެ. އެ ފެންވަޅުން ކޮންމެ ވެސް ދުވަހަކުން ފެން ބޯން ޖެހިދާނެއެވެ.
  2. އަނބިމީހާއަށް ލޯބިދީ އޭނާ ދެކެ ލޯބިވާށެވެ. ސިއްރުތައް ރައްކާކުރަން މަންމައާ ހަވާލުކޮށް ކަލޭގެ ރާޒްގާރަކީ މަންމަ ކަމުގައި ހަދާށެވެ.
  3. ލޯތްބާއި އަތަރަކީ ފޮރުވޭނޭ އެއްޗިއްސެއް ނޫނެވެ.
  4. ކައި ބަނޑުބޮޑުވެއްޖެ މީހާއަށް ރޮއްޓެއްގައި މީރު ރަހައެއް ނުލާނެއެވެ.
  5. ހިނިތުންވާން ނޭނގޭ ކަމަށް ވަންޏާ ފިހާރައެއް ހުޅުވަން ނޫޅޭށެވެ.
  6. ލޯތްބެއް ދިރުވަން އަބަދު ހަދިޔާ ބޭނުން ކަމަށް ވަންޏާ، އެ ލޯބި އަބަދުވެސް އޮންނާނީ މަރުގެ ތުންފަތްމަތީގައެވެ.
  7. މާތް ﷲ ދޫންޏަށް ވެސް ރިޒުގެ ދެއްވައެވެ. ނަމަވެސް، ދޫންޏަށް ވެސް އޭގެ ރިޒުގު ހޯދަން އުދުހެން ޖެހެއެވެ.
  8. ރަހުމަތްތެރިޔާއަށް ދަރަންޏަށް ފައިސާ ދީފި ނަމަ، ރަހުމަތްތެރިޔާ ވެސް އަދި ފައިސާ ވެސް ގެއްލެއެވެ.
  9. ރީތި އަންހެނަކާ ކައިވެނިކުރާ މީހާ، ދެ ލޮލަށް ވުރެ ގިނަ ލޯ ބޭނުންވެއެވެ.