ތިރީގައި މި ވަނީ އެކި ގައުމުތަކުން ހޮވާލެވިފައިވާ ހަރުބަސްކޮޅެކެވެ.
- ފެންވަޅަކަށް ކުޅު ނުޖަހާށެވެ. އެ ފެންވަޅުން ކޮންމެ ވެސް ދުވަހަކުން ފެން ބޯން ޖެހިދާނެއެވެ.
- އަނބިމީހާއަށް ލޯބިދީ އޭނާ ދެކެ ލޯބިވާށެވެ. ސިއްރުތައް ރައްކާކުރަން މަންމައާ ހަވާލުކޮށް ކަލޭގެ ރާޒްގާރަކީ މަންމަ ކަމުގައި ހަދާށެވެ.
- ލޯތްބާއި އަތަރަކީ ފޮރުވޭނޭ އެއްޗިއްސެއް ނޫނެވެ.
- ކައި ބަނޑުބޮޑުވެއްޖެ މީހާއަށް ރޮއްޓެއްގައި މީރު ރަހައެއް ނުލާނެއެވެ.
- ހިނިތުންވާން ނޭނގޭ ކަމަށް ވަންޏާ ފިހާރައެއް ހުޅުވަން ނޫޅޭށެވެ.
- ލޯތްބެއް ދިރުވަން އަބަދު ހަދިޔާ ބޭނުން ކަމަށް ވަންޏާ، އެ ލޯބި އަބަދުވެސް އޮންނާނީ މަރުގެ ތުންފަތްމަތީގައެވެ.
- މާތް ﷲ ދޫންޏަށް ވެސް ރިޒުގެ ދެއްވައެވެ. ނަމަވެސް، ދޫންޏަށް ވެސް އޭގެ ރިޒުގު ހޯދަން އުދުހެން ޖެހެއެވެ.
- ރަހުމަތްތެރިޔާއަށް ދަރަންޏަށް ފައިސާ ދީފި ނަމަ، ރަހުމަތްތެރިޔާ ވެސް އަދި ފައިސާ ވެސް ގެއްލެއެވެ.
- ރީތި އަންހެނަކާ ކައިވެނިކުރާ މީހާ، ދެ ލޮލަށް ވުރެ ގިނަ ލޯ ބޭނުންވެއެވެ.