Support Us

120 މުވައްޒަފުންނާއެކު، އެޗްޑީސީގެ ލީޑަރޝިފްޓް ސީރީސް އިފްތިތާހުކޮށްފި

ޖުމްލަ 120 މުވައްޒަފުންނާއެކު، އެޗްޑީސީގެ ލީޑަރޝިފްޓް ސީރީސް އިފްތިތާހުކޮށްފިއެވެ. ހަ މަސްދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ ހިންގަން ތިބި އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ލީޑަރުން ހުނަރުވެރިކުރުވުމަށް ކުރިޔަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ، މުސްތަގުބަލުގައި މުވައްޒަފުން ކުންފުނީގެ ލީޑަރުންނަށް ވުމަށް ބާރުއަޅާ ތަމްރީނުކޮށްދިނުމާއި މިހާރު ލީޑަރުންގެ ލީޑަރޝިޕްގެ ގާބިލުކަން ދެނެގަތުމަށްފަހު މަދުވަނީ ކޮން ހުނަރުތަކެއްކަން ބަލައި ލީޑަރޝިޕް ކެޕޭސިޓީ ތަރައްގީކުރުމަށް އިތުރު ތަމްރީނުތަކެއް ދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

"މި ލީޑަރޝިފްޓް ސީރީސް ބޭއްވުމަށްޓަކައި، އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންނާއެކު ފޯކަސް ގްރޫޕް ޑިސްކަޝަންތައް ކުރިޔަށް ގެންދެވި، އެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ލީޑަރުންގެ ފަރާތުން ކުރެވޭ އުއްމީދުތައް ވަނީ ދެނެގަނެވިފައެވެ. މިގޮތުން މުވައްޒަފުންގެ ހިޔާލަށް ބިނާކޮށް ފޯކަސް އޭރިއާތަކެއް ދެނެގަނެވި، ވޯކްޝޮޕް ސިލްސިލާތަކެއް ވަނީ އެކުލަވާލެވިފައެވެ. މި ސީރީސް ކުރިޔަށް ގެންދެވޭނީ "އެޑިއުޓްރެކް" އިންސްޓިޓިއުޓާ ގުޅިގެންނެވެ." އެޗްޑީސީން ބުނެއެވެ.

"މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ ސަބަބުން އެޗްޑީސީގެ އިސް މަގާމުތަކުގައި ތިބި ލީޑަރުންނަށް އިތުރު ތަމްރީނުތައް ލިބި މުސްތަގްބަލުގައި މުވައްޒަފުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކުންފުނިން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިވެގެންދާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *