މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ބާއްވާ "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި، މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ. މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މި ރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment