ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "މަޖީދީ ރަން" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިގޮތުން މިރޭ މުލީއާގެ ކުރިމަތީގައި ބޭއްވެވި މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "މަޖީދީ ރަން"ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިންގ ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލާ ޙަވާލުކޮަށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަނީ "މަޖީދީ ރަން"ގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާ "މަޖީދީ ރަން" އާ ގުޅޭ ޚާއްޞަ ޓީޝަރޓެއް ވެދުންކުރައްވާފައެވެ.
މި ދުވުމުގެ ޙަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތެކެވެ.



advertisment