Support Us

މާރާމާރީއަކާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި ދެވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޝިމްހާޒު، 22، ސީނުގެ، ތ. ތިމަރަފުށި އާއި ލޫޠު އަޙްމަދު އާސިފް، 18، މ. ލޮނުމިދިލިގެ ކަމަށެވެ. އެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައި ކަމަށެވެ. ކުރިން ހައްޔަރުކޮށްފައި ވަނީ ޙަސަން ޒިޔާން އިބްރާހިމް، 18، ގދ. ވާދޫ/ އުނިމާގެ އާއި 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ހޯދަމުންދާ ފަސް މީހުން

  • މަޢުޞޫމް މުޙައްމަދުދީދީ، 27، ދަފްތަރު ނަންބަރު  ރސ2260
  • އަޙްމަދު ރަބީޢު، 24، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ
  • އަޙްމަދު ނާޒިހު، 27، ގއ. ގެމަނަފުށި/ ކެނެރީގެ
  • މުނާދު ޖަޢުފަރު، 20، ސ. ހުޅުދޫ/ ނާދީ
  • އަޙްމަދު ސާތިޢު، 21، ސ. މަރަދޫ/ ކޮރަލް

"މި ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *