Support Us

ބަނގުރަލުގެ ވަގު ވިޔަފާރިކުރާ ތިން ބިދޭސީއަކު، ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރަލުގެ ވަގު ވިޔަފާރިކުރާ ތިން ބިދޭސީއަކު، ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަންގައި ލަންކާ ދެ މީހުން އަދި ބަންގްލަދޭޝް އެކަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ މީހުން އުޅުނު ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ރުފިޔާ އާއި އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 79 ފުޅި ބަނގުރަލާއި 245،000 އަށްވުރެ ގިނަ ރުފިޔާ އާއި 14،500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނީ މާލެއަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އަދި އެތަކެތީގެ ވަގުވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *