Support Us

މާފުށީ ރައްޔިތުންނާއެކު ރައީސްގެ ދެކަނބަލުން ފިޠުރު ޢީދުގެ އުފާ ފާޅުކުރަައްވައިފި

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކ. މާފުށްޓަށް ވަޑައިގެން، މާފުށީ ރައްޔިތުންނާއެކު ފިޠުރު ޢީދުގެ އުފާ ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިއްޔެ މާފުށްޓަށް ވަޑައިގެންނެވީ މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދަޢުވަތަކަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މާފުށީ ރައްޔިތުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މީގެ އިތުރުންވެސް މާފުށީ ކުޑަކުދިންގެ ޕާކުގައި ބޭއްވި "މާފަހިވަތި" ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެން ކުޑަކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އުވާލި ފަހުން މިހާ ކުލަގަދަކޮށް ރާއްޖޭގައި ޢީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *