ފޮރިން ސެކްރެޓެރީގެ މަގާމުގައި ހުންނެވި ޢަބްދުލްޣަފޫރު މުޙައްމަދު އެ މަގާމުން ވަކިކުރައްވައި، އެ މަގާމަށް ސީވީޑް އަޙްމަދު ލަޠީފު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަން ކުރައްވައިފިއެވެ.
ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހު ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ހަމަޖައްސަވައިފައެވެ.
ފޮރިން ސެކްރެޓެރީގެ މަގާމަށް ހަމަޖެއްސެވި ލަޠީފު މިހާތަނަށް ހުންނެވީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.



advertisment