Support Us

ކެނދިކުޅުދޫ ގެއަކުން ވަގަށް ނެގި ފައިސާގެ ތެރެއިން 150،000ރ. ވަލުތެރެއިން ހޯދައި މީހަކު ހައްޔަރުކޮށްފި

ނ. ކެނދިކުޅުދޫ ގެއަކުން ވަގަށް ނެގި ފައިސާގެ ތެރެއިން 150،000ރ. އަށް ގިނަ ފައިސާ ވަލުތެރެއިން ހޯދައި، އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކެނދިކުޅުދޫ ގެއަކުން ވައްކަންކޮށް، 180،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މި މަހު 16 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ފައިސާ ހޯދުމަށް، މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައި، ވައްކަމުގެ ތުހުމަތުގައި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 150،000ރ. އަށް ވުރެ ގިނަ ރުފިޔާ އެ ރަށު ވަލުތެރޭގައި ފޮރުވާފައި ހުއްޓައި ހޯދައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *