"18 ރަމަޟާން 1443 ފަތިސްދަމަށް އެޅިގެން އައިވަގުތެވެ. ތިޔަ ފެނިވަޑައިގަންނަވަނީ ރަށަކަށް ދަތުރުކުރަމުންދާ ބައްތެއްޔެއްގެ ތައްޓުމައްޗެއް ނޫނެވެ. ނުވަތަ، ބަންގާޅުން ނިދުމަށް ތައްޔާރު ކުރެވިފަވާ ނިދާޚާނާއެއް ނޫނެވެ. ބޯ އެއްޗެއް ބޮއެގެން ނުތާހިރާ ތިބެ ނިދިކުޅުގެ ސާލުތައް ބާލަމުން އެދަނީ މިރޭ މަސްޖިދުއް ތަޤްވާއަށް ފަތިސްނަމާދު ކުރަން އަންނަ މީހުންގެ ނަމާދުކުރާ މުސައްލަ ނޫނީ ނަމާދުކުރާ މީހުންގެ މަޤާމުގެ މައްޗަށެވެ." މިއީ ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ މަސްޖިދު ތަގުވާ (ކަޅުހުރާ މިސްކިތް) އަށް ރޭ ފަތިސް ނަމާދަށް ދިޔަ އަހުމަދު ތާލިބުގެ ފޭސްބުކްގައި ހިމަނައިފައިވާ ވީޑިއޯއާއެކު އޭނާ ބުނެފައިވާ އިބާރާތެވެ.
"އުއްތަމަ ފަނޑިޔާާރުގޭ ފުރާޅުން ބުޅާ ދުވާތީ ހަތިޔާރު އެޅި ފުލުހުން މުޅި ހިސާބު ސެކިއުރިޓީ ބަލަހައްޓަމުން ދާއިރު މާތް ﷲގެ ހުރުމަތްތެރިވެގެންވާ ގެކޮޅު ހިމާޔަތްކުރާނެ މިނިސްޓްރީއެއް، ފުލުހެއް، ސިޓީ ކައުންސިލެއް ނެތީ ބާާވައޭ ހިތައް އަރައެވެ!!!" ތާލިބުގެ ޖުމްލަ ފުރިހަމަކޮށްލިއެވެ.
"އަދިވެސް" އާ ވާހަކަ ދައްކަމުން ތާލިބު މިއަދު ބުނީ ކުޑަކުޑަ އެ މިސްކިތުގެ ބޭރު ތަރުފާލުމަތީގައި ގުގުރި ދަމުމުންދިޔަ ތިން ތިން ޕާޓޭންނަށް ހޭވެރިކަންވީ ފަތިސް ނަމާދަށް މީހުންތައް ދާން ފެށުމުން ކަމަށެވެ.
"މީހުންގެ ހިލަންވާން ފެށުމުން އެ މީހުން ތެދުވޭ. ނަމާދަށް ގޮވީމަ އެ މީހުން ނުކުމެގެން ދަނީ ބޭރަށް. ނަމާދު ނިމުމުން ގެސްޓް ހައުސް ގޮތަށް އަނެއްކާ ނިދަން އަންނަނީ،" ތާލިބު ބުންޏެވެ. "ރޭގައި ވެސް ބޭރުގައި މަޑުކޮށްގެން ތިބެފައި މީހުންތައް ނަމާދު ނިންމާފައި ދިޔައީމާ ވަނީ."
ތާލިބު ނަގައިފައިވާ 17 ސިކުންތުގެ އެ ވީޑިއޯގައި ތިން ޕާޓޭން މިސްކިތުގައި ނިދައިފައި ތިބި އިރު އެކަކު އޮތީ ބާލީހެއްވެސް ބޯދަށަށް ލައިގެން، ވަރަށް ހަމަޖެހިލައިގެންނެވެ.
"ބާލީވެސް ހުރޭ އެތަނުގައި. ކުޑަ ވަރެއްގެ ގެސްޓް ހައުސްއެއް އެއީ. ފާހާނާ ބޭނުންކުރަނީ ހަކުރު ބޯން،" ތާލިބު ބުންޏެވެ. "ތި ތަނަށް ނަމާދަށް ދާން ވެސް މިހާރު ފަކުރުގަނޭ. ނުތާހިރާ ތިބެ މިސްކިތުގައި ނިދަނީ."



advertisment
One Response
މި ސަރުކާރަކަށް ތިޔަ ވާހަކައެއް މުހިންމެއް ނުވާނެ. މީހުން އެ ތަނަށް ނަމާދަށް ދިޔުމަށްވުރެ، ޕާޓޭންނަށް ޚާއްޞަ ގެސްޓްހައުސްއަކަށް ވުން އެމްޑީއެން ހަމީދު މާ ބޭނުންވާނެ. ތިޔަ ކަމާ ކަންބޮޑުވާނެ ވުޒާރާއެއް ކައުންސިލެއް ކޮމިޝަނެއް ވެރިއެއް ގެރިއެއް މި ރާއްޖެއަކު ނުހުންނާނެ. ތިޔަ ކަމާ ދެކޮޅަށް އެއްޗެއް ބުނެފި މީހަކު ކުށްވެރިވާނީ. އެއީ ޓެރަރިޒަމަށް ވާގީދޭ ބަޔަކަށްވާނީ.