Support Us

ލަންކާގައި މިއަދު ކުރިއަށްދާ މުޒަހާރާގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަލީ ޝިމްރީ

ލަންކާ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ކުރަމުންދާ މުޒާހަރާ މިއަދު ހެނދުނު ވެސް ފަށައިގެން ކުރިއަށް

އިގްތިސޯދީ އަނދަވަޅަކަށް ވެއްޓި ރައްޔިތުން ބަނޑަށް ޖެހެމުންދާތީ ލަންކާ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ކުރަމުންދާ މުޒާހަރާ މިއަދު ހެނދުނު ވެސް ފަށައިގެން ކުރިއަށް އެބަދެއެވެ.

ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަކަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި ފޮތިތަކާއި ބޯޑުތައް ހިފައިގެން ދެ ލައްކައެއްހާ މީހުން މިއަދު މުޒާހަރާ ކުރަމުން ދަނީ ދިވެހިން ވަރަށް ގިނަ ހިސާބެއް ކަމަށްވާ ދެހިވެލަ ސަރަހައްދުގައެވެ. އެ މީހުން ގޮވަމުންދަނީ ކަރަންޓެއް ނެތް ކަމަށާއި، ތެލެއް ނެތް ކަމަށާއި ބޭހެއް ނެތް ކަމަށާއި ދިރިއުޅެވޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ ރައީސާއި ބޮޑު ވަޒީރު ގެއަށްދިއުމަށެވެ.

މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އަދި މުޒާހަރާ ހުއްޓުވާން ފުލުހުންނެއްވެސް ނޫޅެއެވެ.

ކޮޅުނބުން ލިބޭ ހަބަރުތައް ބުނާ ގޮތުގައި މުޒާހަރާ ބަލަން ދިވެހިންގެ ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އެބަތިއްބެވެ.

މި މުޒާހަރާގެ ފޮޓޯތައް ތިރީގައި މި ވަނީއެވެ.

ލަންކާގައި މިއަދު ކުރިއަށްދާ މުޒަހާރާގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަލީ ޝިމްރީ
ލަންކާގައި މިއަދު ކުރިއަށްދާ މުޒަހާރާގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަލީ ޝިމްރީ
ލަންކާގައި މިއަދު ކުރިއަށްދާ މުޒަހާރާގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަލީ ޝިމްރީ
ލަންކާގައި މިއަދު ކުރިއަށްދާ މުޒަހާރާގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަލީ ޝިމްރީ
ލަންކާގައި މިއަދު ކުރިއަށްދާ މުޒަހާރާގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަލީ ޝިމްރީ

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *