Support Us

އެމެރިކާގެ ލާދަ ވަރަށް ބޮޑަށް މަތިވެއްޖެ

ވޭތުވެދިޔަ 12 މަސްދުވަހާ އަޅައި ބަލާއިރު މިދިޔަ މާރިޗު މަހު %8.5 އަށް އެމެރިކާގެ ލާދަ މައްޗަށް ހިނގައްޖެއެވެ.

އެމެރިކާގެ މަސައްކަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 1981 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ލާދަ އަހަރުން އަހަރަށް މައްޗަށް ދަމުން އައި ނަމަވެސް މި ހުސްވި މަހު މިހާ ބޮޑަށް ލާދަ މައްޗަށް ދިޔައީ ބޭނުންވާ މިންވަރަށް މުދާ އެތެރެނުވުމުގެ ސަބަބުންނެވެ. މީގެ އިތުރަށް ހަކަތައަށް މުހުތާދު ބޮޑުވުމުގެ ސަބަބުން ހަކަތައިގެ ބާވަތްތަކުގެ އަގު ވެސް މައްޗަށް ދިޔުމަކީ ލާދަ އިތުރުވުމުގެ ސަބަބެކެވެ.

އެމެރިކާގެ ތަފާސްހިސާބު ދައްކާ ގޮތުގައި މަހުން މަހަށް %0.8 އިތުރުވަމުން އައިސް %1.2 ގެ ކުއްލި އިތުރުވުމެއް އައީ ފެބްރުވަރީއިން ފެށިގެންނެވެ.

އެހެންނަމަވެސް އެކި ސަރުކާރުތަކުން ކޮންމެވެސް އެހެން ބަޔެއްގެ ބޮލުގައި ކަންކަން އަޅުވާ ބީދައިން 1981 ވަނަ އަހަރުން ފެށިގެން މަތިވަމުން އައި ލާދައިގެ އިލްޒާމު އަޅުވަނީ މިހާރު ހިނގަމުންދާ ރޫސީ-ޔޫކްރޭނުގެ އަރައިރުމުގައެވެ. އެހެނީ މި މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވަފައިވެއެވެ. "ޕޫޓިންގެ އަގު އުފުލުން ދަށްކުރުމަށްޓަކައި އަހަންނަށް ލިބިފައިވާ ވެރިކަމުގެ ބާރު ބޭނުންކޮށްގެން ކުރެވޭން އޮތް ހުރިހާ ކަމެއް މިގެންދަނީ ކުރަމުންނެވެ."

އަނެއްކޮޅުން އެމެރިކާގެ ސެނެޓްގެ ހުޅަނގު ވާރޖިނިއާގެ ޑިމޮކްރެޓިކް މެންބަރެއް ކަމަށް ވާ، އަދި މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ޖޯ މޭންޗިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ފަދުރާލީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ދިމާވާ ކަންކަމެވެ.

ވޭތުވެ ދިޔަ މަސްތަކަށް ބަލާއިރު، އަދި ރޫސީ- ޔޫކްރޭނު ހަމަނުޖެހުމުގެ ކުރީންވެސް އެމެރިކާގައި ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ދިޔައީ އުފުލެމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުވަރީމަހާ އަޅައި ބަލާއިރު މާރިޗު މަހުގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކުން އެއް އިންސައްތަ، އަދި ވޭތުވެ ދިޔަ 12 މަހަށް ބަލާއިރު ނުވަ އިންސައްތައިގެ އިތުރުވުމެއް ދައްކައެވެ. ކަބޯތަކެތީގެ ހުރިހައި ބާވަތްތަކެއްގެ އަގުތަކަށް ޖުމުލަކޮށް ބަލާއިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 12 މަސްދުވަހާ އަޅައި ބަލާއިރު، މާރިޗު މަހު މި ވަނީ 10 އިންސައްތައަށް އަގުތައް އުފުލިފައެވެ.

އެހެންކަމުން މިއީ މި ފަހުގެ ތާރީޚެއްގައި އެމެރިކާގެ ލާދަ ކުއްލިއަކަށް މިހާ ބޮޑަށް އިތުރުވި ފަހަރުކަން ފާހަގަކޮށްލެވެއެވެ. (ލާދައަކީ ފައިސާގެ އަގު ދަށަށްދާ ދިއުމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުމަށް އިޤްތިޞާދީ ދާއިރާގައި ކިޔާ ނަމެކެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ކޮން ލާދަ އެއްތަ؟ އިންފްލޭޝަން އޭ ލިޔުނީމަ ނިމުނީ އެއްނު. އޭރުން ތިކިޔާ އެއްޗެއް ދޭހަވަން ފަސޭހަވާނެ. ސްކޫލް ތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓި ތަކުުގަ ކިޔަވަ ދޭއިރު ވެސް ލާދަ އެކޭ ނުކިޔާ، މުޅިންވެސް ކިޔަނީ އިންފްލޭޝަންއޭ. ބޯ ހަލާކު.

  2. ފަދުރާލީ އަކީ ކޮބައިކަން ބުނެދިންނަމަ
    ލާދައޭ ބުނުމުން މައްސަލައެއް ނެތް. އެއީ ކޯއްޗެއްކަން އެބައޮތް އެންމެ ފަހު ފޮލުވަތުގަ. ނަަަމަވެސް ވަގުތު ނެތިގެން އުޅޭއިރު އެއްކޮށް ކިޔާނީ ކިހިނެއްބާ އެންމެން؟ މަވެސް ނަސީބަކުން އެއްކޮށްކިޔާލީމަ މިއެގުނި ލާދަވެސް. އަސްލު ލާދައިގެ މާނަ ބަލާލަންވެގެން އެއްކޮށް ކިޔާލީ. އަޒީއަކީ ޕްރޫފްރީޑް ކުރިމީހެއް ވީމަ ވަރަށް ނުލިޔާނެ ކުށެއް. އެހެންވެ އަހަރެން މިލިޔުން އެއްކޮށް ކިޔާލީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *